ގާޒާ ސިޓީގެ އިޒްރޭލާ ކައިރީގައި އޮންނަ ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް ފުލުފުލުގައި 6 ބޮން ވައްޓާލައި އަވަށެއް ވަޅުލި ހާދިސާއާ ގުޅިގެން މިއީ އިޒްރޭލުގެ ގަތުރުއާންމު ހުއްޓުވަން އިސްލާމީ ގައުމުތަކުން ތެދުވަން ވީ ވަގުތުކަމަށް ހަމާސް އިން ބުނެފިއެވެ.
ބައިބޯ ބަލަޖިޔާ ކޭމްޕަށް 1 ޓަނުގެ 6 ބޮން ވައްޓާލާފައި ވާ އިރު, އަވަށެއް އެކަށް ވަނީ ފުނޑުފުނޑު ވެ ވަޅުލެވިފައެވެ.
މިހާދިސާގައި އެތައް ސަތޭކަ ބަޔަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަހަމްވާނެ ކަމަށް ރިޕޯޓުތައް ލިބެމުން އަންނަ އިރު, އާންމުންވަމުން ދާ ބައެއް ފޮޓޯތަކުންނާއި ވީޑިއޯ ކްލިޕްތަކން ފެންނަ ގޮތުގައި ޒަހަމްވެފައި ތިބި މީހުން ނަގައިގަނެގެން ހަސްފަތާލުތަކަ ހަމައަށް ގެންދިޔުމުގެ މަސައްކަތް އާންމު ކުރަމުން ގެންދެއެވެ. އެ ގެންދާ މީހުންގެ ފުރާނަ ހުރިކަމެއް ނުވަތަ ނެތް ކަމެއް ޔަގީނެއް ނުވެއެވެ.
މިއީ ސީދާ ގަތުލުއާންމެއް ކަމަށް ގިނަ ބަޔަކު ސިފަ ކުރާ އިރު ހަމާސް އިން ބުނީ, އިޒްރޭލުން ޖަބަލިޔާ ކޭމްޕްގައި ހިންގި ޖަރީމާ އަށް ރުހިގެން އިޒްރޭލުގެ އުދުވާނަށް ތާއީދު ކުރާ ގައުމުތަކުން ތިބި ކަމަށާއި ހާއްސަކޮށް އެމެރިކާ ހިމެނޭ ކަމަށެވެ.
އިތުރަށް ބުނެފައި ވަނީ, މި ގަތުލު އާންމު ހުއްޓުވަން ގައުމުތަކުން ތެދުވާނީ ކޮންއިތަކުތޯއާއި ރަފާ ކްރޮސިން ހުޅުވާލައި އެހީއާއި ބޭހާއި ތެލާއި ގެނެސް އަންހެނުންނާއި ކުޑަކުދިންގެ ފުރާނަ ސަލާމަތް ކުރާނީ ކޮންއިރަކުންތޯއެވެ.
ޖަބަލިޔާގެ ހަމަލާ އދ ގެ ސެކްރެޓަރީ ޖެނެރަލްވެސް ކުށްވެރި ކުރައްވާފައި ވެއެވެ. ނަމަވެސް އދ އާއި ގައުމުތަކުން ކުށްވެރިކުރުން ފިޔަވައި އިޒްރޭލު ހުއްޓުވުމަށް ކުރާ ކަމެއް ނެތެވެ.
25 އަހަރުވެގެން ދާ އުދުވާނުގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޝަހީދު ކޮށްފައި ވާ އިރު މިއީ އާދަޔާ ހިލާފަށް މީހުން މަރާ, އަދި ޝަހީދު ކުރާ ޖަރީމާއެކެވެ. ތަފާސް ހިސާބުތައްކުން ދައްކާ ގޮތުން ދުވާލެއްގެ މައްޗަށް 420 ކުޑަކުދިން އިޒްރޭލުން ޝަހީދު ކޮށްލައެވެ.
މިއަދު އިރުއޮއްސެނިކޮށް ޖަބަލިޔާ އަށް ދިން ހަމަލާގައި މަރުވެ ދިޔަ މީހުންގެ އަދަދުތަކެއް ސާފެއް ނުވެއެވެ. މުޅިތަން ހަމަ ބިމާ އެއްވަރު ކޮށްލާފައި ވާ އިރު އެމެރިކާއިން ގެންދަނީ އިޒްރޭލަށް ހަތިޔާރާއި ފައިސާގެ އެހީ ދިނުމަށް ފާސް ކުރަން ޖެހޭ ޕެކޭޖް ފާސްކުރަން ގާނޫނު ހަދާ މަޖިލީހަށް ބާރު އަޅަމުންނެވެ. އެމެރިކާގެ ސެނޭޓުގައި އިޒްރޭލަށް އެހީވުން އަވަސް ކުރުމަށް ބާރުއަޅާ ޕެކޭޖް ފާސްކުރުމުގެ ބަހުސް އަށުއަހަށް ސެނޭޓަށް ވަދެތިބި އާންމުން ވަނީ, ގާޒާ މިނިވަން ކުރުމަށް ގޮވާލައި ދެއަތްތިލައިގައި ރަތް ކުލަ ޖައްސައިގެން ތިބެ ހިމޭން އިހުތިޖާޖެއް ކޮށްފައެވެ. އެއިރު އެމީހުންގެ ކުރިމަތީގައި އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަންވެސް އިންނެވިއެވެ.
ހަނގުރާމަ ހުއްޓާލެވެން ނެތް ކަމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރު ކުރާނެ ކަމަށް އެމެރިކާއިން ބުނަމުން, ފަލަސްތީނުގެ ރައްޔިތުންގެ ބޮލަށް އަޅަމުން ދަނީ އެމެރިކާއިން އުފައްދާފައިވާ ބޮމެވެ.
ޖަބަލިޔާގެ އިތުރުން އައްސޭރި ފަށުގައި އޮންނަ އަލް ޝާންޓީ ކޭމްޕަށް ދިން ހަމަލާތަކުގައި ވެސް މިއަދު 10 މީހަކު މަރުވެފައި ވެއެވެ.
އިޒްރޭލުން ބޮން އަޅާ ފުނޑުފުނޑު ކޮށްލި ޖަލަބިޔާ ކޭމްޕަކީ, 1948 ގެ ނަގްބާ [ގަތުލުއާންމަށް ފަހު] އެ ކޭމްޕަށް ހިޖުރަކޮށް އާބާދު ވި މީހުންނާއި 1967 ގެ ނަކްސާ ގަތުލުއާންމަށް ފަހު ހިޖުރަ ކުރި މީހުން ދިރިއުޅޭ ކޭމްޕްކެވެ. ބައިބޯ އެ ކޭމްޕަށް ދިން މިހަމަލާގައި އެތައް ސަތޭކަ ބަޔަކު ވަޅުލެވިފައި ވާނެ ކަމަށް އެ ކޭމްޕުގައި އުޅޭ އާއިލާއެއްގެ ތިމާގެ މީހަކު ބުނެފައި ވެއެވެ. އޭނާ ބުނީ މިހާރު އާއިލާގެ އެއްވެސް މީހަކާ ނުގުޅޭ ކަމަށާއި ވީގޮތެއްވެސް ނޭނގޭކަމަށެވެ.
އެމީހާގެ ވާހަކަ އަށް ތާއީދެވެ. ގާޒާ ތަޅާ ސުންނާފަތި ކުރަމުން ދާ އިރު ކުށްވެރި ކުރުން ފިޔަވައި ދުނިޔެއިން ކުރާ ކަމެއް ނެތެވެ. އަދި އިޒްރޭލުން އެއްގަމު މަގުން ގާޒާއަށް އަރައިފިނަމަ އިޒްރޭލަށް ހަމަލާ ދޭނެ ކަމަށާއި އިޒްރޭލަށް ބިންހެލުމެއް ގެނުވާނެ ކަމަށް ބުނި އީރާން އަށް ވެސް ކުރެވުނު ކަމެއް ނެތެވެ. އީރާނުން މަދަދު ދޭ ހިޒުބުއްލޯ އިން ޖަމަލު ފޮޑިއެއްހެން ދޭތެރެއަކުން ހަމަލާއެއް އިޒްރޭލުގެ ބޯޑަރަށް ދިނަސް ކަމަކަށް ވާކަހަލަ ހަމަލާއެއް ދޭކަށް ނުކެރެއެވެ. އިޒްރޭލުގެ ހުށިޔާރު ކަމާއި ވަރުގަދަ ހަތިޔާރުގެ އެހީގައި ހިޒްބުއްލޯގެ މަގާމުތައް ދަނީ ގޮއްވާލަމުންނެވެ.
ނުސެިއރަތް ކޭމްޕުންވެސް 15 މީހަކު ޝަހީދުކޮށްލާފައި ވާ އިރު, މުޅި ގާޒާ ތެރޭގައި މިހާރު އޮތީ އިޒްރޭލު ސިފައިންނެވެ. ބަރުހަތިޔާރާ ޓޭންކު ތަކާއެކު ހޮސްޕިޓަލްތައް ވެސް ވަނީ ވަށާލާފައެވެ.