އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ ހޯމް ކޮންޓެންޓް ޕްލޭނެއް ނަގައިގެން 50 އިންޗީގެ ސްމާޓް ޓީވީއެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެލައިޑުން ބުނީ އަޔާދީ ހޯމް ކޮންޓެންޓް ޕްލޭންގެ ދަށުން ތިން ޕްލޭނެއް އެކުލަވާލާފައި ވާ ކަމަށެވެ. އޭގެ ތެރޭގައި އެ މީހަކު ބޭނުންވާ ގޮތަކަށް ފަރުމާ ކުރެވޭ 'ހޯމް ކޮންޓެންޓް ތަކާފުލް' ޕްލޭނާއި ހިޔާ ފްލެޓުތަކުގައި އުޅޭ ފަރާތްތަކަށް އަމާޒު ކޮށްފައިވާ 'އަހަރެންގެ ހިޔާ' ޕްލޭން އަދި ހިޔާވަހިއެވެ. ހިޔާވަހި ޕްލޭނަކީ ސެޓް ހޯމް ކޮންޓެންޓް ޕެކޭޖެކެވެ.

https://www.facebook.com/photo?fbid=701720818652258&set=a.547696487388026

އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެލައިޑްގެ މޯބައިލް އެޕް ނުވަތަ ވެބްސައިޓް، މެދުވެރިކޮށް ހޯމް ކޮންޓެންޓް ޕްލޭނެއް ނަގަން ޖެހޭނެއެވެ.

އަދި ހަމައެހެންމެ އެލައިޑްގެ ފޭސްބުކް ޕޭޖުގައިވާ ޕްރޮމޯޝަންގެ ޕޯސްޓަރު ޕަބްލިކް ސެޓިންގައި ހިއްސާކުރަންޖެހޭނެ ކަމަށް އެލައިޑުން މައުލޫމާތު ދިނެވެ. އެ ޕޯސްޓް ހިއްސާކުރާއިރު އެލައިޑްގެ ފޭސްބުކް ޕޭޖާއި އަޔާދީ ތަކާފުލްގެ ފޭސްބުކް ޕޭޖު ޓެގު ކުރަންޖެހެއެވެ.