ގުރުއަތުން ހޮވޭ ފަރާތަކަށް ޝްވެކް ސިނަމާގައި އަޅުވާ ފިލްމެއް ބަލާލުމަށް ހިލޭ 2 ޓިކެޓް ލިބޭ ޕްރޮމޯޝަންއެއް އެލައިޑުން ފަށައިފިއެވެ.

އެލައިޑުން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރި ފަރާތެއް ހޮވާނެ ކަމަށް އެލައިޑުން ބުނެއެވެ. އަދި އެ ހަފްތާއަކު ޝްވެކް ސިނަމާގައި އަޅުވާ ފިލްމްތަކުގެ ތެރެއިން ފިލްމެއް ބަލާލުމަށް 2 ޓިކެޓް އެލައިޑްގެ ފަރާތުން ނަސީބުވެރިޔާއަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށް:

  1. އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ޕޭޖަށް ފޮލޯކޮށްލާ
  2. ޕޯސްޓަށް ލައިކް ދެއްވާ
  3. 3 ރަށްޓެހިންނަށް ޓެގްކޮށްލާ
  4. އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ޕޭޖަށް ޓެގްކޮށް، ޕަބްލިކްއަށް ފެންނާނެހެން ޕޯސްޓް ޝެއާކޮށްލާ

މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ ވެސް ބުރާސްފަތި ދުވަހުއެވެ.

އެލައިޑް އިންޝުއަރެންސް އަކީ ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ޕްރޮވައިޑަރުގެ އިތުރުން އެހެން އިންޝުއަރެންސް ކުންފުނިތަކުގެ ތެރެއިން އެންމެ އީޖާދީ ކުންފުންޏެވެ.