އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކުންފުނީގެ އެންމެ މަގުބޫލު އެއް ހިދުމަތް ކަމުގައިވާ "ހައްޖު އަދި އުމްރާ ތަކާފުލް"ގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

އަޔާދީ ތަކާފުލް އިން ބުނީ 50 ޕަސެންޓަށް ވުރެ ބޮޑު ޑިސްކައުންޓަކާއި އެކު ގެނެސްފައިވާ މިބަލުގެ ދަށުން، މިހާރު ކޮންމެ ހައްޖު އަދި އުމްރާވެރިއަކަށްވެސް 300 ރުފިޔާއަށް މިޕްލޭން ގަނެވޭނެކަމަށެވެ.

ހައްޖާއި އުމްރާގެ އަޅުކަމުގެ ދަތުރުމަތީގައި ދިމާވެދާނެ ސިއްހީ އަދި މާލީ ގެއްލުން ލިބޭ ހާލަތްތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ހައްޖު ތަކާފުލް ކުރިން ފޯރުކޮށްދީފައިވާ އަގަކީ 750 ރުފިޔާއެވެ. އަދި އުމްރާ ތަކާފުލް ކުރިން ފޯރުކޮށްދެމުންދިޔަ އަގަކީ 550 ރުފިޔާއެވެ.

އަޔާދީ ތަކާފުލްއިން ބުނީ ވޭތުވެދިޔަ 11 އަހަރުވެސް ކުންފުނީގެ މައިގަނޑު އަމާޒަކަށްވެފައިވަނީ ރައްޔިތުންނަށް އަތްފޯރާފަށުގައި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ، އިސްލާމީ ޝަރީއަތާ ރައްޓެހި އިންޝުއަރަންސް ނިޒާމެއް ގާއިމުކުރުން ކަމަށެވެ. އެގޮތުން، މިފަހަރު މިގެނެވުނު ބަދަލާއި އެކު ހައްޖު އަދި އުމްރާއަށް ދާ ފަރާތްތަކަށް ޕްލޭން ނެގުމަށްޓަކައި ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހައްޖާއި އުމްރާވެރިންނަށް ޑޮލަރު ދޫކުރަމުންދާ، ސަލްމާން މިސްކިތުގެ 5ވަނަ ފަންގިފިލާއިން ހައްޖާއި އުމްރާއަށް ހާއްސަ ތަކާފުލް ޕްލޭންގެ މައުލޫމާތު ސާފުކޮށް، ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އަޔާދި ތަކާފުލްއިން ވަނީ ބުނެފައެވެ. މިހިދުމަތް ލިބޭނެ ގަޑިތަކަކީ

- ފެބްރުއަރީ 27 އާއި ހަމައަށް ހެނދުނު 9 އިން 2

- މާޗް 13 ގެ ނިޔަލަށް ހިދުމަތަށް ހާއްސަކުރެވިފައިވާ ގަޑިއަކީ ހެނދުނު 9 އިން 11:30 އަށެވެ.

މީގެ އިތުރުން، ކުރިއެކޭވެސް އެއްގޮތަށް މައި އެލައިޑް ޕޯޓަލް އަދި އެލައިޑް އެޕް މެދުވެރިކޮށް ވަގުތުން މިޕްލޭން ބައްލަވައިގަނެވޭނެ ކަމަށް އަޔާދީން ވަނީ ހާމަކޮށްފައެވެ.