މާލޭގައި ހިންގަމުން ދިޔަ ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކި ކަމުގެ ތުހުމަތުގައި 3 ދިވެހިން ހައްޔަރުކޮށްފިއެވެ.

މި ކަމާ ގުޅިގެން ފުލުހުން ބުނީ މާލޭގައި ހިންގަމުން ދިޔަ ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިގެންސްއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މައުލޫމާތާ ގުޅިގެން އޭންޓި ހުއިމަން ޓްރެފިކިން ޑިޕާޓްމެންޓްއާއި ސްޕެޝަލިސްޓް އޮޕަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ރޭ އޮޕަރޭޝަންއެއް ހިންގާފައިވާ ކަމަށާއި އެ އޮޕަރޭޝަންގައި 3 ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނެއްގެ އިތުރުން 41 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި މައްސަލައިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.