މާލެ، ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގަމުންދާ “ޕީސް ސެލޫން އެންޑް ސްޕާ"ގައި ހަށިވިއްކުމުގެ ވިޔަފާރުކުރާ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެއްގެ އިތުރުން ތައިލޭންޑްއަށް ނިސްބަތްވާ 3 އަންހެނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެއީ:
- މުހައްމަދު ސަމާމް ރަޝީދު (28އ) - ރިވެލި، ގއ. ވިލިނގިލި
- ޖުންޕެން ކުމްބޮންޕިޓަކް (38އ)
- ޕަޓްޗަރިދާ ބަންނަބޮޑީ (24އ)
- ސުޕަވަޑީ ޖޮމްޓަރަކު (21އ)
ފުލުހުން ބުނީ ފައިސާގެ މުގާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މި 4 މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައިކަމަށެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު ސަމާމް 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ޖުންޕެން ކުމްބޮންޕިޓަކް އަދި ސުޕަވަޑީ ޖޮމްޓަރަކު 3 ދުވަހަށް ބަންދުކުރުމަށާއި ޕަޓްޗަރިދާ ބަންނަބޮޑީ 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.
