މި މަހުގެ 10 ވަނަ ދުވަހު، ހދ. ހަނިމާދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާ ތެކެއްޗާއެކު ދެމީހުން ހައްޔަރު ކޮށްފިއެވެ

ފުލުހުން ބުނީ ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެއްކަމަށެވެ. ފުލުހުން ބުނީ މި ދެ މީހުން ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލާފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 67 ކަރުދާސްކޮޅު ފެނިފައިވާ ކަމަަށެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 28 އަހަރުގެ މީހާއަށް 15 ދުވަސް އަދި 36 އަހަރުގެ މީހާގެ ބަންދަން 10 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

މި މައްސަލަ ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.