ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރަ 6 ގެ 12 ވަނަ ބުރިން ކުއްޖަކު މަގުމައްޗަށް ވެއްޓި ޒަހަމްވެއްޖެއެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ހިޔާ ޓަވަރު 6ގެ 12 ވަނަ ފަންގިފިލާ އިން ކުއްޖަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރޭ 12 ޖަހަން ކައިރިވެފައި އޮއްވާ ލިބިފައިވާ ކަމަށެވެ.އެ ކުއްޖާ އަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް މިހާރު ގެންގޮސްފައިވާ ކަމަށާއި، އޭނާގެ ހާލަތާ ގުޅޭ ގޮތުން ހޮސްޕިޓަލުން އަދި މައުލޫމާތު ހިއްސާ ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހިޔާ ޓަވަރުން ވެއްޓި އަނިޔާވެފައި ވަނީ 15 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން އެއީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ.މި މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.މި ހާދިސާ އާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލްގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެއެވެ.