ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރުތަކުގެ ފުލެޓެއްގެ ބެލްކަންޏަށް ކުޑަކުއްޖަކު ނެރެ. އޭނާ އެކަނި ބަހައްޓާ ބެލްކަނީ ދޮރު ތަޅުލައިފައި ހުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓެއްގެ ބެލްކަނީގައި ކުޑަ ކުއްޖަކު އެކަނި ރޯން ހުރި ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ލިބިފައިވާ ކަަމަށެވެ. އަދި އެތަނަށް ފުލުހުން އެޓެންޑް ވެ، ކަން ހިނގާ ދިޔަ ގޮތް ބަލާފައިވާ ކަމަށް ވެއެވެ.

ފުލުހުން އިތުރަށް ބުނީ، މި މައްސަލަ އެ އިދާރާއިން އިތުރަށް ހަތުގީގު ކުރަމުންދާ ކަމަށެވެ.

މިއީ ހިޔާ ފްލެޓެއްގައި މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެވެ.