މާލެ ސިޓީ ފިޔަވާ ރާއްޖޭގެ އެންމެ ބޮޑު ސިޓީގެ ބައެއް ފޮށިތަކުން ޕީއެންސީ ކެންޑިޑޭޓް އަދި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދަވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށާަފައި ވަނީ މިއަދު ހެނދުނު 08:00 ގައެވެ. އަދި 16:00 ގައި ވޯޓު ކިއުތައް ބަންދު ކޮށްފައި ވާއިރު ވޯޓުލާ ނިމުނު ފޮށިތަކުގެ ވަގުތީ ނަތީޖާ މިހާރު ވަނީ އިއުލާން ކުރަން ފަށާފައެވެ. އައްޑޫގެ ހުރިހާ ފޮށިތަކެއްގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފައި ވާއިރު ގިނަ ފޮށި ތަކަކުން މުއިއްޒު ވަނީ ކުރި ހޯއްދަވާފައެވެ.
އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަކީ އައްޑޫ ބޭފުޅެއް ނަމަވެސް ތާއީދު އޮތީ މުއިއްޒު އަށް ކަން ފާހަގަ ކޮށްލެވެއެވެ. އަދި ހަމައެހެންމެ ރައްޔިތުންގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ގިނަ ނަމަވެސް މުއިއްޒުގެ މަައްޗަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ.
އައްޑޫގެ ބައެއް ފޮށިތަކުގެ ނަތީޖާތަކަށް ބަލާއިރު:
އައްޑޫ، ހިތަދޫ-8
- ސޯލިހު: 187 ވޯޓު
- މުއިއްޒު: 130 ވޯޓު
- އިލްޔާސް: 39 ވޯޓު
- ގާސިމް: 14 ވޯޓު
- ފާރިސް: 9 ވޯޓު
- އުމަރު: 8 ވޯޓު
- ނާޒިމް: 3 ވޯޓު
- ޒަމީލް: 1 ވޯޓު
މި ފޮއްޓަށް 582 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ އިރު ވޯޓު ލާފައި ވަނީ 397 މީހުންނެވެ. އަދި 391 ވޯޓަކީ ސައްހަ ވޯޓެވެ.
- އައްޑޫ، މީދޫ-1
- ސޯލިހް: 139 ވޯޓު
- މުއިއްޒު: 185 ވޯޓު
- އިލްޔާސް: 20 ވޯޓު
- އުމަރު: 6 ވޯޓުޒަމީލް: 1 ވޯޓު
- ފާރިސް: 1 ވޯޓު
- ނާޒިމް: 1 ވޯޓު
މި ފޮއްޓަށް 493 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ އިރު ވޯޓު ލާފައި ވަނީ 353 މީހުންނެވެ. އަދި 353 ވޯޓަކީ ސައްހަ ވޯޓެވެ.
އައްޑޫ ހިތަދޫ-3
- ސޯލިހު: 112 ވޯޓު
- މުއިއްޒު: 95 ވޯޓު
- އިލްޔާސް:55 ވޯޓު
- ގާސިމް: 13 ވޯޓު
- ނާޒިމް: 3 ވޯޓު
- ފާރިސް: 2 ވޯޓު
- އުމަރު: 2 ވޯޓު
- މި ފޮއްޓަށް 463 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ އިރު ވޯޓު ލާފައި ވަނީ 285 މީހުންނެވެ. 282 ވޯޓަކީ ސައްހަ ވޯޓެވެ.
އައްޑޫ، މީދޫ-3
- ސޯލިހް: 127 ވޯޓު
- މުއިއްޒު: 194 ވޯޓު
- އިލްޔާސް: 25 ވޯޓު
- އުމަރު: 6 ވޯޓު
- ޒަމީލް: 1 ވޯޓު
- ގާސިމް: 2 ވޯޓު
- ފާރިސް: 3 ވޯޓު
- ނާޒިމް: 1 ވޯޓު
މި ފޮއްޓަށް 478 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ އިރު ވޯޓު ލާފައި ވަނީ 367 މީހުންނެވެ. 359 ވޯޓަކީ ސައްހަ ވޯޓެވެ.
އައްޑޫ، މަރަދޫ ފޭދޫ - 1
- ސޯލިހް: 172 ވޯޓު
- މުއިއްޒު: 130 ވޯޓު
- އިލްޔާސް: 31 ވޯޓު
- އުމަރު: 1 ވޯޓުޒަމީލް: 1 ވޯޓު
- ގާސިމް: 2 ވޯޓު
- ފާރިސް: 2 ވޯޓު
މި ފޮއްޓަށް 445 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ އިރު ވޯޓު ލާފައި ވަނީ 346 މީހުންނެވެ. 339 ވޯޓަކީ ސައްހަ ވޯޓެވެ.
- އައްޑޫ، ފޭދޫ-2
- މުއިއްޒު: 157 ވޯޓު
- ސޯލިހު: 148 ވޯޓު
- އިލްޔާސް: 44 ވޯޓު
- ގާސިމް 8 ވޯޓު
- ފާރިސް: 3 ވޯޓު
- ނާޒިމް: 2 ވޯޓު
- އުމަރު: 1 ވޯޓު
މި ފޮއްޓަށް 514 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ އިރު ވޯޓު ލާފައި ވަނީ 367 މީހުންނެވެ. 363 ވޯޓަކީ ސައްހަ ވޯޓެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވާއިރު އޭގެ ތެރޭގައި 138،196 އަންހެނުންނާ 144،199 ފިރިހެނަކު ހިމެނެއެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް އަލަށް ޝަރުތު ހަމަވި 20،270 ޒުވާނުން ހިމެނެއެވެ.
މި އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮއްޓެއް ބަހައްޓާފައި ވާއިރު އޭގެ ތެރޭގައި 142 ފޮށި ބަހައްޓާފައި ވަނީ މާލޭގައެވެ. އެ ފޮށިތަކުގެ ތެރެއިން 61 ފޮއްޓަކީ މާލޭގެ ރައްޔިތުންނަށް ހާއްސަަ ކުރެވިފައިވާ ފޮށިތަކެވެ. އަދި ބާކީ 81 ފޮއްޓަކީ އަތޮޅު ތެރޭގެ މީހުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންނަށް ހާއްސަ ކުރެވިފައިވާ ފޮށިތަކެވެ.
21 ފޮއްޓެއް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބައްޓާފައި ވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައި ވަނީ 6 ފޮއްޓެވެ. ވިލިމާލޭގައި 7 ފޮށި ވަނީ ބަހައްޓާފައެވެ. އަދި ޖަލުތަކުގައި 5 ފޮށި ބަހައްޓާފައި ވާއިރު ހުޅުލޭގައި ބަހައްޓާފައި ވަނީ 1 ފޮއްޓެކެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި 8 ފޮއްޓެއް ބަހައްޓާފައިވާއިރު އެ ފޮށިތައް ބަހައްޓާފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިއާގެ ކުއަލަމްޕޫރާއި އިނގިރޭސިވިލާތުގެ ލަންޑަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ ގައެވެ.