މަޝްހޫރު ސިޓްކޮމް "ދެޓް ސެވަންޓީސް ޝޯ" ގެ ސްޓީވަން ހައިޑްގެ ކެރެކްޓާ ރޯލު ކުޅުނު ހޮލީވުޑްގެ އެކްޓަރު ޑެނީ މާސްޓަސަން 30 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ނުވައިދިހައިގެ އަހަރުތަކުގެ ތެރޭގައި ގިނަ ބަޔަކަށް ކަމުދިޔަ ސިޓްކޮމް "ދެޓް ސެވަންޓީސް ޝޯ" ގެ އެކްޓަރު ޑެނީގެ މައްޗަށް ސާބިތުވެފައި ވަނީ ރޭޕްގެ ދެ މައްސަލައެކެވެ. އޭނާގެ މައްޗަށް މީގެ ހަ އަހަރެއްހާ ދުވަސްކުރިން ވަނީ ތިން އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުކޮށް ދައުވާ ކޮށްފައެވެ. އޭގެ ތެރެއިން ޑެނީ ދެ އަންހެނަކު ރޭޕްކުރި ކަމަށް ސާބިތުވަނީ ވެފައެވެ. ބީބީސީ އިން ބުނީ ކޯޓުން ހުކުމްކުރި ދުވަހު ޑެނީ އިން ވަރަށް މަޑުމޮޅިކޮށް ކަމަށާއި ގާޒީ ހުކުމް އިއްވި ވަގުތު އޭނާގެ އަނބިމީހާގެ ލޮލުން ކަރުނަ ފޭބި ކަމަށެވެ.

ދެ ރޭޕް ޑެނީގެ މައްޗަށް ސާބިތުވެފައިވާއިރު އެތަނުން އެއް އަންހެނަކު ބުނީ ޑެނީ އަށް މައާފްކޮށްފި ކަމަށާއި އެއީ މިހާރު އޭނާ ވިސްނަން ޖެހޭ ކަމެއް ނޫންކަމަށެވެ. ޑެނީ މާސްޓަސަންގެ މައްޗަށް ރޭޕްގެ ތުހުމަތު އެންމެ ފުރަތަމަ ކުރެވުނީ 2017 ވަނަ އަހަރުއެވެ. އޭރު އެ ތުހުމަތު ތަކަށް ޑެނީ އިންކާރުކުރި ނަމަވެސް ހަ އަހަރު ދިގު ކޯޓު މަރުހަލާ ތަކަށްފަހު އޭނާ ގެ މައްޗަށް ވަނީ ކުށް ސާބިތުވެފައެވެ.