ސައްހަނޫން ގާނޫނީ ވަކީލު ކަމުގެ ހުއްދަ ތައްޔާރުކޮށް ބޭނުން ކުރަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި މަސައްކަތްކުރާ ލ. ފޮނަދ،ޫ ހަވޭލ،ި ފާތިމަތު ތޫބާ އަބްދުاللهގެ ގާނޫނީ ވަކީލުކަމުގެ ހުއްދައަކީބާ ކައުންސިލުން ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދައެއްތޯ ބަލާ ދިނުމަށް އެދި އެމްޕީއެލް އިން ބާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ އެ ކައުންސިލުން ބެލި ބެލުމުން ތޫބާއަކީ އެއްވެސް އިރެއްގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއް ނޫން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އަދި ތޫބާއަށް ދޫކޮށްފައިވާ ކަމަށް ބުނާ ވަކާލާތުކުރުމުގެ ހުއްދައަކީ، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ނަމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށް، ވަކާލާތުކުރުމުގެ ހުއްދަ ނަންބަރު 2020/22 "ދިވެހިރާއްޖޭގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ"ގެ ގޮތުގައި ތައްޔާރުކޮށްފައިވާ ލިޔުމެއްކަމާއ،ި އެ ލިޔުމުގައި ހިމަނާފައިވާ ސޮޔަކާއެކު ތާރީހުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރެއްގެ ސޮއި ނޫންކަން ފާހަގަ ވެފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
އެހެންކަމުން ވަކީލުންގެ ދަފުތަރުގައ،ި ތޫބާ ހިމަނާފައި ނުވުމުގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިޓަޔާކުރައްވާފައިވާ ފަނޑިޔާރެއްގެ ސޮއި ބޭނުންކޮށް، 20 ސެޕްޓެންބަރު 2020 ގެ ތާރީހުގައި ތައްޔާރުކޮށްފައިވާ ލިޔުމުގެ ސައްހަކަން ކަށަވަރުކުރުމަށް އެ ކައުންސިލުން އިތުރަށް ބެލިބެލުމުން ތޫބާއަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަދޫކޮށްފައިވާ ފަރާތެއް ނޫންކަން ކަށަވަރުކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެއާއެކު މި މައްސަލަ ތަހުގީގުގުކޮށްދިނުމަށް އެދި ދިވެހި ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކުން އޭނާއަކީ ގާނޫނީ ވަކީލެއްކަމުގައި އާންމުންނަށް ގަބޫލުކުރެވޭނެ ފަދައަކުން ދެއްކުމާއ،ި ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ގާނޫނީ މަސައްކަތްކޮށް ގާނޫނީ ހިދުމަތް ދިނުމަކީ މަނާކަމެކެވެ. އަދި އެއްވެސް ފަރާތަކުން އެފަދަ އަމަލުތައް ނުހިންގުމަށް ބާ ކައުންސިލްގެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ވެސް ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާ ވަކީލުންގެ ދަފުތަރު ބާ ކައުންސިލުގެ ވެބްސައިޓުގައި އާންމު ކޮށްފައިވާނެކަން ފާހަގަކޮށް، ބާ ކައުންސިލުން ވަނީ ގާނޫނީ ހިދުމަތް ހޯދުމުގައި ހިދުމަތްދޭ ނުވަތަ ދޭން ހުށަހަޅާ ފަރާތަކީ އެކަމުގެ ހުއްދަ އޮތް ފަރާތެއްކަން ކަށަވަރު ކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.