އެޓްލާންޓާއިން ބާސެލޯނާއަށް ދަތުރުކުރި ޑެލްޓާ އެއާއެކު 194 ފްލައިޓުގައި އިން މީހަކު ބޭރަށް ހިންގާވަރުން ބޯޓު އަނބުރާލައި އެޓްލާންޓާއަށް ދާން ޖެހިއްޖެއެވެ.

ޑެލްޓާއިން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނީ، ސިއްހީ އެމަޖެންސީއެއް ދިމާވެ ބޯޓު އަނބުރާން ޖެހުނު ކަމަށާއި އެޓްލާންޓާއަށް ޖެއްސުމަށް ފަހު ބޯޓު ސާފުކޮށް އަނެއް ދުވަހު ފުރާފައި ވާ ކަމަށެވެ.

ބޯޓުގައި އިން މީހަކު ބޭރަށް ހިންގާ މައްސަލަ ފެންމަތިވެ ބޯޓު އަނބުރާލަން ޖެހުނު އިތު ދެގަޑިއިރު އޮތީ ދުއްވާފައެވެ. ނަމަވެސް އެމީހާގެ ހާލަތު ގޯސްވަމުން ދާތީ ބޯޓު އަނބުރާލަމުން ޕައިލެޓް ބުނީ، ބައޯހެޒާޑުގެ [މީހަކު ހުންނަ މާހައުލެއް ތަޣައްޔަރު ވުމުން ސިއްހަތަށް ނުރައްކާވުން] ދިމާވެފައި ވާ ކަމަށާއި އެހެން ކަމުން އަނބުރާލަނީ ކަމަށެވެ.

"ފްލައިޓް ފުރީންސުރެ ބޭރަށް ހިންގާ މީހަކު އިނުމުގެ ސަބަބުން އަނބުރާލާ ދާން އެއާތްރެފިކު ކޮންޓްރޯލުން އަންގާ"

މި މައްސަލައިގައި އެއާލަންގެ ފަރާތުން މައާފަށް އެދިފައި ވާ އިރު، މި އެއާލައިންގެ ބޯޓެއް، މީގެ ކުރިން ވައިގެ ތެރޭގައި ތަޅުވާލެއް ގަދަކަމުން 11 މީހަކަށް ގޮތް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންވެސް ޖެހިފައި ވެއެވެ.

ޑެލްޓާ އަކީ އެމެރިކާގައި އޮޕަރޭޓް ކުރާ އެއާލައިންއެކެވެ.