ހދ. ނެއްލައިދޫގެ އާ އިންޖީނުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް ސޯލިހު އެ އިމާރާތް ހުޅުއްވައިދެއްވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. އަތޮޅަށް ކުރައްވި ދަތުރުފުޅުގައި އިއްޔެ ނެއްލައިދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ފެނަކައިން ބުނީ ނެއްލައިދޫގައި ކުރިން ބޭނުންކުރި އިންޖީނުގެ އިމާރާތަށް 22 އަހަރު ވެފައިވާ ކަމަށާއި އެތަނުގެ ބޮޑު މިނަކީ 3240 އަކަފޫޓު ކަމަށެވެ. އަދި އެއާ ހިލާފަށް އާ އިންޖީނުގޭގެ ބޮޑު މިނަކީ 4234.5 އަކަފޫޓު ކަމަށް ފެނަކައިން ބުނެއެވެ.

ނެއްލައިދޫގައި ކުރިން ހުރި އިންޖީނުގޭގައި ހުރީ ޑެގް ރޫމާއި ކޮންޓްރޯލް ރޫމެކެވެ. އަދި މިހާރު ހުރި އިންޖީނުގޭގެ ކޮންޓްރޯލް ރޫމަކާއި އިންޖީން ރޫމަކާއި ޗިމްނީއާއި ސްޓޯރަކާއި ޕޭންޓްރީއަކާއި ފާހާނައެއްގެ އިތުރުން ވޯކްޝޮޕެއް ހިމެނެއެވެ.

ފެނަކައިން ބުނީ ކުރިން އެ ރަށުގެ އިންޖީނުގެ ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށާއި މީހުން އެ އިމާރާތް ހުރީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށެވެ. އަދި ކުރިން ނެއްލައިދޫގެ އިންޖީނުގޭގައި ހުރި 240 ކެޕޭސިޓީގެ ޖެންސެޓް މިހާރު ވަނީ 980 ކިލޯވޮޓްގެ ޖެންސެޓަކަށް ބަދަލުކޮށްފައި ކަމަށް ވެސޗ ފެނަކައިން ބުނެއެވެ.