ހދ. ނެއްލައިދޫ މަގު ހެދުމުގެ މަޝްރޫއާއި އެ ރަށު ބަނދަރުގައި ޖެޓީއެއް ހެދުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި ދެ މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ.
އެގޮތުން އެ ރަށު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، 3086 މީޓަރުގެ ދިގު މަގެއްގައ،ި 15,265 މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއ،ި 3,406 މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މި މަޝްރޫއަކީ 58.19 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އަދި ހަމަ އެހެންމެ ނެއްލައިދޫ ބަނދަރު ހެދުމުގެ މަޝްރޫގައި 1.5 މީޓަރު ފުޅާ ޖެޓީއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަކީ 6.94 މިލިއަން ރުފިޔާއަށް 180 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
1250 މީހުންގެ އާބާދީއެއް އޮންނަ ނެއްލައިދޫ އަކީ ލަނޑާ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމަށް މަޝްހޫރު ރަށެކެވެ. ނެއްލައިދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމަކ،ީ ވިއްސާރަ މޫސުމެއް އަތުވެއްޖެ ނަމަ، މަގުތަކުގައި ޗަކަ ހެދިހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް އެކަމުގެ ދަތިކަން ފޯރަމުންދާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، އަލަށް ގާއިމް ކުރެވޭ ޖެޓީގެ ސަބަބުން މިހާރު ދިމާވަމުންދާ ބަނދަރު ތޮއްޖެހި ލަފާފުރުމުގެ ދަތިތަކަށް ވެސް ހައްލެއް ލިބިގެންދާނެއެވެ.