ފެނަކައަކީ ދައުލަތަށް އާމްދަނީ ހޯދުމަށް އުފައްދާފައިވާ ކުންފުންޏެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ފެނަކައިގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ވަރަށް ގިނައިން ދައްކަމުން ދާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ފެނަކައިން ރަށެއްގައި ދޭ ހިދުމަތްތަކަށް ބަލާއިރު، ފެން، ކަރަންޓު އަދި ނަރުދަމާގެ ހިދުމަތް ހިމެނޭ ކަމަށެވެ. އަދި އައިސް ޕްލާންޓެއް ހުރިނަމަ އެތަނުގައި ވެސް ހިދުމަތް ދެނީ ފެނަކައިން ކަމަށެވެ.
ފެނަކައިން ދޭ ހުރިހާ ހިދުމަތަކަށް މުވައްޒަފުން ބޭނުންވާ ކަމަށާއި ފެނަކައަކީ މާ ބޮޑު ފައިދާއެއްވާ ތަނަކަށް ހަދުމުގއ ވިސްނުންފުޅު ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އަސާސީ ހިދުމަތްދޭ ސަރުކާރުގެ ކުންފުންޏެއް ކަމަށާއި އަމާޒަކީ ވީހާވެސް ގިނަ ފަރާތްތަކަށް ވަޒީފާ ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ކުންފުނިން އެ ލިބޭ އެއްޗަކުން ކިރިޔާ ދެކޮޅު ޖެހުމުން ފުދޭ ކަމަށާއި އެއީ ދައުލަތަށް އާމްދަނީ ހޯދުމަށް އުފައްދާފައިވާ ކުންފުންޏެއް ނޫން ކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ދިނުމާއެކީގައި ރަށްރަށުގައި ތިބެގެން ވަޒީފާ އަދާ ކުރެވޭނެ ގޮތް، ރައްޔިތުންނަށް ފަހިކޮށްދިނުމަކީ އަމާޒު ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަދިވެސް ހުރިހާ ރަށެއްގެ ފެނަކައަށް މުވައްޒަފުން ނަގާނެ ކަމަށެވެ.
މީގެ ކުރީގެ ސަރުކާރުތަކުގައި ކިރިޔާ ވެސް ވެރިކަމާ ހިޔާލު ތަފާތުވެއްޖެނަމަ އެ މީހަކު އިންނަން ޖެހެނީ ކުޑަ ގޮޅީގައި ކަމަށާއި ހާއްސަކޮށް އެމީހަކީ ސިޔާސީ ގޮތުން ފުންނާބު އުސްމީހެއް ނަމަ އެކަންވާލެއް އަވަސް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އެހެން ވިދާޅުވި އިރު ފެނަކަ އޯވާ ސްޓާފު ވެ އޮޕަރޭޝަނަށް ބޭނުން ވާ އަދަދަށް ވުރެ މާގިނައިން މިހާރުވެސް މީހުން ވަނީ ނަގާފައެވެ. އެގޮތުން 5 މީހުންގެ އޮޕަރޭޝަކުން ހިންގި އިންޖީނުގެތަކުގެ އޮޕަރޭޝަންގެ ސައިޒަށް ބަދަލު ނައިސް 20-30 ސްޓާފުން މިހާރު ތިބޭކަންވެސް ފާހަގަ ކުރެވެއެވެ.
ފެނަކައީ އާމުދަނީ ހޯދަން އުފައްދާފަ ހުރި ކުންފުންޏެއް ނޫންކަން އެކުންފުންޏަކީ ދައުލަތުގެ ފައިސާއިން ވައްކަން ކުރަން ހަދާފަ އޮތް ކުންފުންޏެއްތަ މިހާރުވެސް އަމިއްލަ ކުންފުނި ތަކަކައް ދަރާފަ