ގދ. ތިނަދޫ އިންޖީނުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް ސޯލިހު އެ އިމާރާތް ހުޅުއްވައިދެއްވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ އަތޮޅު ތިނަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ފެނަކައިން ބުނީ ތިނަދޫގައި ކުރިން ބޭނުންކުރި އިންޖީނުގޭގެ އިމާރާތަށް 28 އަހަރު ވެފައިވާ ކަމަށެވެ.

ކުރީގެ އިންޖީނުގޭގެ އިމަރާތުގައި 5050 އަކަފޫޓު ހުރިއިރު މިހާރު ހެދި އިމާރާތުގައި 14،400 އަކަ ފޫޓު ހުންނާނެ ކަމަށެވެ.

ފެނަކައިން ބުނީ އިމާރާތްކުރި އިންޖީނުގެ ހުރީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށާއި އަދި ކުރިން ތިނަދޫ އިންޖީނުގޭގައި 5 މިލިއަންވޯޓް ކެޕޭސިޓީގެ ޖެންސެޓް ހުރިއިރު މިހާރު ވަނީ 7.6 މިލިއަންވޯޓްގެ ޖެންސެޓަކަށް ބަދަލުކޮށްފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

ކުރިން ކުރި އިންޖީނުގޭގައި ސްޓޯ، ޓޫލްސް ރޫމް، ބަދިގެ، އިންޖީން ރޫމް، އޮފީސް ކޮންޓްރޯލް ރޫމް، ވޯކް ޝޮޕް ހުރި ނަމަވެސް މިހާރު ސްޓޯ، ޓޫލްސް ރޫމް، ބަދިގެ، އިންޖީން ރޫމް، ސްޓާފް އޭރިއާ ކޮންޓްރޯލް ރޫމް، ވޯކް ޝޮޕް، ކޮންފަރެންސް ރޫމް ހިމެނޭ ކަމަށް ފެނަކައިން ބުނެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށްގެންގޮސްފައެވެ.