ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. އަދި ބ. އަތޮޅަށް ދަތުރު ކުރި ނޫސްވެރިން ތިބި 2 ލޯންޗުގެ ތެރެއިން 1 ލޯންޗުގެ ހޮޅިއެއް ފަޅައިގެން ގޮސް ދިޔަވެއްޖެއެވެ.

މިހާދިސާގައި ނޫސްވެރިއަކަށް އަނިޔާއެއް ނުވި ނަމަވެސް ހަންޖަހައިގެން ގިނަ އިރުތަކެއް ވާންދެން ލޯންޗް ކާށިދޫ ކަނޑުގައި އޮތެވެ.

"ދަ ޕްރެސް" ގެ ނޫސްވެރިޔާ ބުނީ، ހޮޅި ފަޅައިގެން ދިޔަ ލޯންޗާއި އަނެއް ލޯންޗުގައި ތިބި އެންމެން މިހާރު ތިބީ ބ. ގޮއިދޫގަައި ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ 4:15 ހާއިރު ކާށިދޫ ކަނޑުން ދަތުރުކުރަމުން ދަނިކޮށެވެ.

މިހާދިސާގައި މުދަލަށާއި މީހުންނަށް ގެއްލުން ވެފައި ނުވާ އިރު ބ. އަތޮޅަށް ދިއުމަށް ދެ ލޯންޗެއްގައި ނޫސްވެރިން ދަތުރު ކުރަމުން ދިޔައިރު ހޮޅި ފަޅައިގެން ދިޔަ ލޯންޗުން މީހުންނާއި ތަކެތި އަނެއް ލޯންޗަށް ޓްރާންސްފާ ކުރީ ކަމަށް ވެސް ނުހާ ވަނީ ބުނެފައެވެ.

އެލޯންޗުން ދަތުރުކުރި ނޫސްވެރިން މިހާރު ބ އަތޮޅު ގޮއިދޫގައި ތިބިއިރު އެ ހާދިސާ ހިނގި ތަނަށް ކޯސްޓްގާޑަށް ދެވިފައި ނުވާ ކަމަށާއި ގަޑިއެއްހާއިރު ކަނޑުމަތީގައި ތިބެން ޖެހުނު ކަމަށް ނުހާ ވަނީ ފާހަގަ ކޮށްފައެވެ.