މި ސަރުކާރުގައި އެއްވެސް ޕްރޮޖެކްޓެއް ފެށީ ނިންމަން ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުގައި ހުރިހާ ރަށެއްގެ ފަސްގަނޑު ޖަހާ އެންމެ ޕްރޮޖެކްޓެއްވެސް ނިންމާފައި ނެތް ކަމަށާއި އެއްވެސް ޕްރޮޖެކްޓެއް ފެށީ ނިންމަން ވެސް ނޫން ކަމަށެވެ. އަދި ފަށާފައި ހުރި ޕްރޮޖެކްޓްތަކަކީ ވީ ވައުދެއް ނޫން ކަމަށާއި، ވެފައި ހުރި ވައުދުގެ ޕްރޮޖެކްޓެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ފައިސާ ހޯދަން ވިދާޅުވި ނަމަވެސް އެއްވެސް މަގަކުން ފައިސާއެއް ނުލިބުނު ކަމަށާއި ލޯނާއި ބޮންޑުން އަދި ހިލޭ އެހީއިން ވެސް އެ ފައިސާ ނުލިބު ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ފައިސާ ނުލިބި ޗާޕު ކުރީ ކަން ފާހަގަ ކުރައްވާ، ޗާޕު މެޝިން ހުރިއްޔާ ޗާޕުވެސް ކުރެވޭނެ ކަމަށް ވިދާޅުވެ ނަޝީދުގެ ހަމަލާތައް ސަރުކާރަށް އަމާޒު ކުރެއްވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، މިފަދަ ގޮތަކަށް މިދިޔަ 5 އަހަރު ގެއްލިގެން ދިޔައީ ކަމަށާއި ރާއްޖޭގައި އޮތް ހުރިހާ ކަމެއް އަދި ފަނޑުފުލުން ނުދިޔަ ކަމުގައި ވިޔަސް ދެވަނަ ދައުރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވިއްޖެނަމަ އެކަން ނިމިގެންދާނެ ކަން ޔަގީން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ހުވަދު އަތޮޅުގެ 10 ވަރަކަށް ރަށަށް ވަޑައިގެންނެވި އިރު، ކޮންމެ ރަށަކުން އިލްޔާސް ލަބީބު މަދުވެގެން 50 ގެއަށް ވަޑައިގެންނެވި ކަމަށާއި ޖުމްލަ ގޮތެއްގައި ރައީސް ސޯލިހަށް ވޯޓު ދޭނެ ކަމަށް ރަށަކުން ބުނަނީ ދެ ގެއަކުން ކަމަށެވެ. އަދި އެ ހިސާބުތަކާ އެކީގައި ރައީސް ސޯލިހް އެ އުޅުއްވަނީ ގާތްގަނޑަކަށް 20 ޕަސެންޓުގައި ކަމަށާއި ފެނިވަޑައިގަންނަވާ ތަނުގައި ދަ ޑިމޮކްރެޓްސް އިން ތިބީ އެމްޑީޕީގެ ކެންޑިޑޭޓަށް ވުރެ ތަންކޮޅެއް މަގްބޫލްކަން ހޯދައިގެން ކަމަށް ނަޝީދު ވިދާޅު ރައީސް ސޯލިހުގެ ތާއީދު އޮތް ގޮތް ހާމަކުރެއްވިއެވެ.
ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވާ އިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަތޮޅުތެރެއަށް ކުރައްވައި ކެމްޕެއިން ދަތުރުފުޅުތަކުގައި ގެންދަވަނީ ނިންމާފައި ހުރި މަޝްރޫއުތައް ހުޅުއްވައި ދެއްވައި އާ މަޝްރޫއުތައް އިއުލާން ކުރައްވަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫއު ތަކާއި ބަނދަރުތައް ނިމުމުގެ މަޝްރޫއުތަކުން ގޮސް އެއާޕޯޓް ހުޅުވުން ފަދަ ބޮޑެތި މަޝްރޫއުތައް ފާހަގަ ކުރެވެއެވެ. ހަމަ އެހެންމެ ބައެއް ރަށްރަށުގައި ފަށާ ނުނިމި ހުރި މަޝްރޫއުތަކާއި ނުފެށި ހުރި މަޝްރޫއުތަކުގެ ވާހަކަވެސް ރައީސް ވަނީ ބައެއް ޕޯޑިއަމްތަކުގައި ފާހަގަ ކުރައްވާފައެވެ.
މި ޕޯޑިއަމްގާ މިހުރީ ވަރަށް ފިތިފާ ހުރި މީހެއް ހީވަނީ އިބޫ ވަރަށް ރަނގަޅަށް ފިއްތާފާ ހުރިހެން ވޯޓްތައް ބަހާލައިގެން ދެވަނަ ބުރަކަށްގޮސް އިބޫއާ ކޯލިޝަންހަދާ ހަމައެކަނި އެމްޑީޕީގެ ވެރިކަމެއް ގެންނަން ރާވާއިގެން ކުޅޭ ގޭމެއް ލޯގޯގެ ކަނައަތްފަރާތުން އިޔާޒު އިބޫ ޝާހިދު ތިިރިން ކަނައަތަށް އިމްރާނު އަންނި އަލީޒާހިރު ލޯގޯގެ އިން ކޮންމެ ކޮޅަކަށް މީގެ މީހެއްގެ ފޮޓޯއެއް ޖަހާ