ދ.ކުޑަހުވަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ)އާ ހަވާލުކޮށްފިިއެވެ.

މި މަޝްރުއުގެ ދަށުން ރަށުގެ އުތުރުފަރާތު ބަނދަރު ބޭރުތޮށި 176 މީޓަރުގެ ވާޓަރު ދެފަރާތަށްވާގޮތަށް އިތުރުކޮށް، ބޮޑުހިލަ ބޭރުތޮށި 321 މީޓަރު އިތުރުކޮށް، 90 މީޓަރުގެ ކޮންކްރީޓް ޖެޓީއެއް ގާއިމުކޮށް، ބަނދަރާއި އިންވެގެން 75 މީޓަރު ރިވެޓްމަންޓު ގާއިމުކޮށް، މިހާރުގެ ބަނދަރު އަދި ބޮޑުކުރެވޭ ބަނދަރުގައި ފައްތިޔާ ގާއިމު ކުރުން ހިމެނެއެވެ.

މީގެ އިތުރުން ބޮޑުހިލަ ބޭރުތޮށްޓަށް އެރޭނެ ކޮންކްރީޓް ބްރިޖް، ނެރުބައްތި އަދި ބޮޑުހިލަ ނެރުފައިކަށި 150 މީޓަރު އިތުރަށް ގާއިމް ކުރުން ވެސް މި މަޝްރޫއުގެ ދަށުން ހިމެނެއެވެ.

މި މަޝްރޫއު އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 89,9 މިލިއަން ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން މިރަށުގައި ފާހަގަކުރެވިފައިވާ ބަނދަރުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ބަނދަރު ތަރައްގީކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ. އަދ،ި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމްއެވެ.