މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީ އިން ވާދަކުރައްވާ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިހާބުވެއްޖެ ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފުރާނަފުޅަށް ނުރައްކާވާ ހާލަަތަށް ކަންތައްތައް ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
'ދަ ޑިމޮކްރެޓްސް'ގެ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ކެމްޕެއިން ދަތުރުގައި ގއ. ކޮލަމާފުށްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މުއިއްޒު ގެ ސަރުކާރެއްގައި ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ ހުދު އެމަނިކުފާނަށް [ނަޝީދަށް] ވެސް ޖެހިވަޑައިގެންނެވި ހާލުކޮޅު ކަމަށެވެ.
މި ވެރިކަމުގައި ރައީސް ނަޝީދަށް އެމްޑިޕީ އާއި ސަރުކާރުން ދިމާވި ގޮންޖެހުންތަކުން މިސާލު ނަންގަވަމުން އެ މަނިކުފާނު ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި އެއްވެސް ކަމަކަށް ހިޔާލު ދެއްވުމުގެ ފުރުސަތު ވެސް ރައީސް ޔާމީންއަށް ނޯންނާނެ ކަމަަށެވެ. އަދި ރައީސް ޔާމީނަށްވެސް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ ބާކީކުރުމާއި ވެރިކަމުގެ ކަންކަމުން ދުރުކުރުމާ އަދި އެންމެ ފަހުން މަރުގެ ތުންފަތް މައްޗަށް ވަޑައިގަތުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މުއިއްޒުއަށް ވަރަށް ބޮޑެތި ތުހުމަތުތައް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މުއިއްޒުގެ ސަރުކާރެއްގައި ގެއްލުން ވާނީ ހަމަ އެކަނި ރައީސް ޔާމީނަށް އެކަނި ނޫންކަމަށާ، އެކަމުގެ ގެއްލުން މުޅި ރާއްޖެއަށްވެސް ކުރާނެ ކަމަށެވެ. އަދި މުއިއްޒުގެ ސަރުކާރެއްގައި ދިވެހިންގެ އަތުން ދިވެހިރާއްޖެ ބީވެގެންދާ މިންވަރަށް ރާއްޖޭގެ ކަންކަން ހައްދުފަހަނައަޅައިގެން ހިނގައިދާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ޕީޕީއެމްގެ މެންބަރުންވެސް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ތާއީދު ކުރުމަށް ގޮވާލައްވާފައެވެ.
މިހިރަ ދެބަނަދިހާރު ކިޔޭ ނުކިޔޭ އެއްޗެއް ނޭނގިގެން އުޅެތީ ހަމަ ހައިރާން. ބަލަގަ ކަލޭގެ ޖަޒުބާތު ތަކާ ކުޅެލާ ބޮޑުރިޔާ ދީދީ ޑިފެންސް މިނިސްޓަރުކަމުގައި ހުރެގެން ކަލޭގެ ފުރާނައަށް ނުރައްކާ ވިއަކަސް އެންމެނެއް އެހާ ބޭވަފާތެރިއެއް ނުވާނެޔޭ. އެދީދީގެ ތުއްތުދޮންބެ ދެކެވެސް އެންމެ ރުޅިއައީ ދިޔާނާ ސައީދަށް ބަންޑާރަ ނައިބުކަން ދިންއިރު، އެދީދީ އަށް ލިބިވަޑައި ނުގަތީމާ. ވީމާ، އިބޫއާ އެހާ ބޮޑަށް ހިތާވެ، މަނިކުފާނަށް ބޭވަފާތެރިވީ. އެކަމަނާ އަކީ ކުރީގެ ފިރިކަލުން ސަޓޯއަށްވެސް ބޭވަފާތެރި ވުމުގެ ރެކޯޑް އޮތް ބޭފުޅެކެވެ. ތުއްތު އަހަންމައިދީގެ ބޭފުޅެއްވިއްޔާ މާރިޔާ ދީދީއަކީ. މަނިކުފާނުގެ ކްރަޝްއެއް ނޫންތޯ ދެދީދީއަކީ............
މީނާއަށް ހެޔޮވިސްނުން ދެއްވާ މައިތިރި ކުރައްވައިފާދޭވެ.
ނަޟީދު ބުއްދި ގޯސްހެން ހީވަނީ ކާކު އިލްޔާސް ލަބީބައް ވޯޓުދޭނީ އަމިއްލަޔައް އިބޫއާ ވާދަކޮއްގެން މޮޅުނުވާނެކަން އެނގުނީމަ ހަޑިހާވަނީ ތިޔަކުރާކަންތައްވެސް ތީގެ ޒާތުގަ ގޯހެއްނޫން
އިލިޔާސް ލަބީބުގެ ސަރުކާރެއްގައި މަނިކުފާނުގެ ފުރާނަފުޅަށްވެސް ނުރައްކައު ވެދާނެނޫންތޯ……؟