މިއަދު ރައްޔިތުންނަށް ފެންނަމުން މިދަނީ ވެރިއަކު އަމަލު ކުރައްވާ ގޮތަކުން ގައުމުގެ އަމާން ކަމާ، ހަމަޖެހުން ދެމި އޮންނާނެ ކަމުގެ ފުރިހަމަ މިސާލެއް ކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މި ސަރުކާރަށް އަބަދުވެސް ވަރަށް ބޮޑަށް ތާއީދުކުރައްވާ އަލީ ނިޒާރު ވިދާޅުވީ މީގެކުރިން ދިވެހީންނަށް ތަފާތު ތިން ވެރިކަމެއް ފެނިއްޖެ ކަމަށެވެ. އަދި މިއަދު ފެންނަމުން ދަނީ ސުލްހަވެރި ކަމާއެކު ވެރިކަން ކުރެވިގެންދާނެ ކަމުގެ ހަގީގީ ހެކިތައް ކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ މި ދައުރަށް ބަލާލުމުން ފެންނަމުން ދަނީ ރާއްޖޭގައި ވެރިކަން ކުރަންޖެހޭ ގޮތް ކަމަށެވެ. އަދި ވެރިކަން ކުރަން ޖެހޭނީ ރައްޔިތުންގެ ސުލްހަ މަސްލަހަތަށް އެންމެ ބޮޑު އިސްކަމެއް ދީގެން ކަމަށް ނިޒާރު ވިދާޅުވިއެވެ.
ދިވެހިން މިއަދު ކުރަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ ދިވެހިންގެ މެދުގައިވާ ސުލްހަ މަސަލަސްކަން ދަމަހައްޓަން މަސައްކަތް ކުރުން ކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ ވޯޓު ހޯދަން ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާ ބޭފުޅުންގެ މަސައްކަތަކީ ވެސް ސުލްހަވެރިކަން ދެމެހެއްޓޭނެ ފަދަ ސިޔާސަތުތަކެއް ގާއިމް ކުރުން ކަމަށެވެ. އަދި ވެރިންގެ ގޮތުގައި ހިޔާރު ކުރަންވީ ވެސް އެފަދަ ބޭފުޅުން ކަމަށް ނިޒާރު ވިދާޅުވިއެވެ.
މީގެ އިތުރުން ނިޒާރު ވިދާޅުވީ ސުލްހަވެރިކަން ދެމެހެއްޓޭނެ ފަދަ ސިޔާސަތުތަކުގެ މުހިންމު ކަމަކީ އެންމެ މީހަކު ގެންނަ ވިޔާނުދާ، އެންމެ ސިޔާސަތެއްގެ ސަބަބުންވެސް މުޅި ގައުމު ހަލާކުވެގެން ހިނގައިދާނެ ކަމެކެވެ.
އައްޑޫ ރައްޔިތުން އެބަޖެހޭ މިނިޒާރު މިކިޔާ މީހާ މޭޔަރުކަމުން ވަކިކުރަން ރީތިކޮއް ބުނާނަމަ މީނަޔަކީ އައްޑޫގެ ހަލާކު މިމުސީބާތުން އައްޑޫ ރައްޔިތުން މިންޖު ކުރައްވާށި މިކަލޭގެ ނިމުން ހިތި ނިމުމެއް ކަމުގައި ލައްވާށި އާމީން