އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ރެވެނިއު ޑިޕާޓްމަންޓުގެ އޮފިޝަލަކު ރިޝްވަތުގެ ގޮތުގައި 5000 ރުޕީސް ނަގައިގެން އުޅެނިކޮށް ފުލުހުން އަންނަތަން ފެނި އެ ފައިސާ ދިރުވާލައިފިއެވެ.

ރެވެނިއު ޑިޕާޓްމަންޓުގެ އޮފިޝަލް ގަދެންދްރަ ސިންގް ރިޝްވަތތު ނަގާކަމަށް އާންމު މީހަކު ކުރި ޝަކުވާ އަކާ ގުޅިގެން ފުލުހުންގެ ސްޕެޝަލް ޕޮލިސް އެސްޓަބްލިޝްމަންޓް (އެސްޕީއީ) ގެ އޮފިޝަލުން ތިބީ ފާރައަށެވެ.

ގަޖެންދްރައަށް ފާރަލަމުން ދަނިކޮށް، އޭނާ ގާތަށް ދިޔަ މީހެއްގެ އަތުން 5000 ރުޕީސް އަތުލާތަން ފުލުހުންނަށް ފެނެއެވެ. އެއާއެކު ފުލުހުން އަންނަތަން ފެނިގެން ގަދެންދްރަ ހެދި ގޮތަކީ އެ ފައިސާ ހަފާ ކައި ދިރުވާލީއެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ދާ އިރު ފުލުހުން ވަނީ އެ ފައިސާ ނަގަން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ހަބަރުތައް ބުނާގޮތުން ގަދެންދްރަ އެ ފައިސާ ދިރުވާލީ ހެކި ނައްތާލުމުގެ ބޭނުމުގައެވެ.

ހިންދީ ފިލްމުތަކުން ފެންނަހެން އިންޑިއާގައި ރިޝްވަތު ނެގުމަކީ އާންމު ކަމަކަށް ވާއިރު ދާދި ފަހުން ދިއްލީގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ވަނީ ދިއްލީ ޕޮލިސްގެ ދެމީހަކު ވަނީ 50،000 ރުޕީސްގެ ރިޝްވަތެއް ނެގި މައްސަލައެއްގައި ހައްޔަރު ކޮށްފައެވެ. އެމީހުން ރިޝްވަތު ނެގީ ދިއްލީގެ މަންގަލްޕޫރީގައި ރިކްޝާ ]ކުރިޅި] ޗާޖް ކޮށް ޕާކުކުރާން ބޭނުންވެގެން މީހަކު ހުއްދައަށް އެދި ހުށަހެޅުމާ ގުޅިގެންނެވެ.