އިންޑިއާގައި މިހާރު ހިނގަމުންދާ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް އިންޑިއާ ދަތުރުކޮށްފިއެވެ.
އިންޑިއާ ފައިނަލަށް ދިޔައީ މުބާރާތުގެ ދެވަނަ ސެމީ ފައިނަލްގައި ލުބުނާނާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.
މިމެޗު ޕެނަލްޓީއަށް ދާން ޖެހުނީ މެޗުގެ 90 މިނެޓް ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 30 މިނެޓްގައި ވެސް ދެ ޓީމު ކުރެ ޓީމަކަށް ލަނޑެއް ނުޖެހި މެޗުގެ ސްކޯ 0-0 ގައި އޮތުމުންނެވެ.
2021 ވަނަ އަހަރު އޮތް ސާފް މުބާރާތް ވެސް ކާމިޔާބުކުރި އިންޑިއާއިން ފައިނަލަށް ދިޔައީ ޕަނަލްޓީ ޝޫޓް އައުޓް 4-2 އިން ކާމިޔާބުކޮށްގެންނެވެ.
މިމެޗުގައި ދެ ޓީމުން ވެސް ވާދަވެރި ކުޅުމެއް ދައްކާފައިވާ އިރު ދެ ޓީމުން ވެސް ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އަދި ދެޓީމުގެ ޑިފެންސުން ހިތްވަރުގަދަ ކުޅުމެއް ދެއްކި އިރު ދެ ޓީމުގެ ކީޕަރުން ވެސް ވަނީ ހުޝިޔާރު ސޭވްތަކެއް ކޮށްފައެވެ.
ސެމީ ފައިނަލްގެ ފަހު މެޗުން މޮޅުވި އިންޑިއާ މުބާރާތުގެ ފައިނަލްގައި ވާދަ ކުރަން ޖެހޭނީ އެޓީމާ އެއް ގްރޫޕެއްގައި އޮތް ކުވައިތާއެވެ. ކުވައިތު ފައިނަލަށް ދިޔައީ މިއަދު ހަވީރު ބަންގްލަދޭޝްއާ ވާދަކުރި މެޗު 1-0 އިން ކާމިޔާބުކޮށްގެންނެވެ.
ގްރޫޕް ސްޓޭޖްގައި އިންޑިއާއާ ކުވައިތު ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 4 ވަނަ ދުވަހެވެ.