އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ކުުވައިތު ދަތުރުކޮށްފިއެވެ. ކުވައިތު ފައިނަލަށް ދިޔައީ ސެމީގައި 1-0 އިން ބަންގްލަދޭޝް ބަލިކުރުމަށް ފަހުއެވެ.
މި މުބާރާތުގެ ގްރޫޕް އޭގެ އެއްވަނަ ހޯދައިގެން ސެމީއަށް ދިޔަ ކުވައިތުން މިމެޗުގެ ކުރިން ވަނީ މުބާރާތުގައި 8 ލަނޑު ޖަހާފައެވެ. އެހެން ނަމަވެސް މިއަދުގެ މެޗުގައި އެޓީމަށް ވަނީ ބަންގްލަދޭޝްގެ ކޮޅަށް ލަނޑު ޖަހަން އުނދަގޫވެފައެވެ. މިގޮތުން 14 އަހަރަށް މުބާރާތުގެ ސެމީއަށް ދިޔަ ބަންގްލަދޭޝް ޓީމުގެ ޑިފެންސުން މުޅި މެޗުގައި މޮޅު ކުޅުމެއް ދެއްކި އިރު ކީޕަރު ވެސް ވަނީ ހުޝިޔާރު ސޭވްތަކެއް ކޮށްފައެވެ.
މެޗުގެ 90 މިނެޓް ކުޅެ އިތުރު ވަގުތުގެ 30 މިނެޓް ކުޅެން ޖެހުނު އިރު ކުވައިތުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކަމިޔާބުކުރީ މެޗުގެ 107 ވަނަ މިނެޓްގައެވެ.
މިލަނޑަށް ފަހު ބަންގްލަދޭޝްއަށް ނަތީޖާ އެއްވަރު ކުރާނެ ގިނަ ފުރުސަތުތައް ލިބުނު ނަމަވެސް މެޗު ނިމުނީ 1-0 އިން ކުވައިތު މޮޅުވެ ފައިނަލަށް ގޮސްގެންނެވެ.
މެޗަށް ފަހު ދެޓީމުގެ ކުޅުންތެރިންނާއި ބެންޗުގެ މެދުގައި ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ.
ކުވައިތުން ފައިނަލްގައި ކުޅެން ޖެހޭނީ ލުބުނާނާއި އިންޑިއާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.