1997 ގައި އުފެއްދި ކާމިޔާބު ފިލްމް 'ޓައިނޭޓިކް' ގެ ޑައިރެކްޓަރަކީ، އެ ފިލްމު އުފެއްދުމަށްޓަކައި 33 ފަރަހަށް ވުރެ ގިނަ ފަހަރު ޓައިޓޭނިކް ރެކަށް ފީނި މީހެކެވެ. އަސްކަރީ ސްބަމެރިންތަކާއި އެނޫން އާލާތްތަކުގެ އެހީގައި އޭނާ ޓައިޓޭނިކް ރެކް ބަލާ ދިރާސާ ކޮށްފައި ވާ އިރު، އޭނާ ބުނީ، ހުސްވި ހަފްތާގައި ގެއްލުނު ސަބް ގެ ހުރިހާ އިލްކްޓްރޯނިކް ޑީވައިސްތަކެއް ފެއިލް ވި ހަބަރު ލިބުމާއެކު، އެ ހާދިސާގެ ބިރުވެރިކަން މުޅި ހަށިގަނޑަށް އިހުސާސް ވި ކަމަށާއި، އެހާ ހިސާބުން އެ ސަބްމެރިން ގެއްލުނީ ކަން ޔަގީންވި ކަމަށެވެ.

ޓައިޓަންގެ ނަމުން ނަން ދީފައިވާ 5 މީހުންގެ ޖާގައިގެ ކުޑަ ސަބްމެރިން ޓައިނޭނިކް ބަލަން ފީނަނިކޮށް ވަނީ، ކަނޑުއަޑީގެ ޕްރެޝަރުގައި އުޅަނދު ފިތި ގޮވާ، އޭގައި ތިބި މީހުން މަރުވެފައެވެ.

މިހަދިސާ އާ ގުޅޭ ވާހަކަތައް އެކިއެކި ޕްލެޓްފޯމްތަކުގައި އެކި ފަރާތްތަކުން ހާމަ ކުރަމުން ދާ އިރު، ޓައިޓޭނިކް ފިލްމު އުފެއްދި ޑައިރެކްޓަރު ޖޭމްސް ކެމަރަން ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، އެ ސަބްމާސިބަލް [ކުޑަ ސަބްލެރިން] ހަދާގައި ވަނީ، ހަރަދު ކުޑަކޮށް އަދި ވަގުތު ސަލާމަތް ކުރުމުގެ ބޭނުމުގައި ފަރުވާ ކުޑަކޮށްކަމަށެވެ. ޓައިޓަން ސަބް އުފައްދާފައި ވަނީ ކާބަން ފައިބާ އާއި ޓައިޓޭނިއަމް ބޭނުން ކޮށްގެންނެވެ. އެ ޑިޒައިން ކޮށްފައި ވާ ގޮތުން، އޭގެ ތެރެއަށް މީހުން ވަނުމަށް ފަހު، ތަޅުލާން ހުންނަނީ ބޭރުން ކަމަށް ވާއިރު، އެތެރޭގައި ތިބޭ ބަޔަކަށް ބޭރަށް ނުކުމެވޭނީ ބޭރުން ހުޅުވައި ދިނުމުންނެވެ. އާންމު ސަބްމެރިންތަކުގައި ހުންނަ ގޮތަށް މީހުން ވަދެ ނިކުމެ ހެދުމަށް ގުއްބެއް ގޮތަށް ހުންނަ ދޮރެއް އޭގައި ނުހުރެއެވެ.

ކެމަރަން ވަނީ 2012 ވަނަ އަހަރު ޕެސިފިކް ކަނޑަށް ވެސް ފީނާފައެވެ. އެފަހަރު އޭނާ ދިޔައީ ތަފާތު ޓެކްނޮލޮޖީއެއްގައި އުފައްދާފައިވާ ޑީޕްސީ ޗެލްންޖާ ގައެވެ. އެ ދަތުރުގައި އޭނާ 10،912 މީޓަރު (35،800 ފޫޓު) އަށް ގޮސްފައި ވެއެވެ. މިއީ މިހާތަނަށް ކަނޑުގެ އެންމެ އަޑިއަށް ފީނުމުގެ ރެކޯޑެކެވެ. ޓައިޓޭނިކް ރެކަކީ، 3،810 މީޓަރު (12،500 ފޫޓު) ފުނުގައި އެޓްލާންޓިކް ކަނޑުގައި އޮންނަ ރެކެކެވެ.

"ސަބްގެ ކޮންޓެކްޓް ގެއްލުނުތާ ގަޑިއެއްހާ އިރުތެރޭގައި ލިބުނު މައުލޫމާތުން އަހަންނަށް އެނގުނު އެމީހުން ތިބީ 3،500 މީޓަރު (11،483 ފޫޓު) ފުނުގައި ކަން، އަދި މިސްރާބު ހުރީ އެންމެ ފުނަށް 3،800 މީޓަރަށް ދާންކަން"

އިތުރަށް އޭނާ ބުނީ، އެއްފަހަރާ ހުރިހާ އިލްކްޓްރޯނިކްސް [ކޮމިއުނިކޭޝަން ސިސްޓަމާއި ނެވިގޭޝަން ސިސްޓަމް] ފެއިލް ވުމުން އޭތި ގޮވީކަމަށް ޔަގީން ކުރެވުނު ކަމަށެވެ.

އޭނާ މިވާހަކަ ދައްކާފައި ވަނީ، އޭނާ އަކީ ޓައިޓޭނިކް ފިލްމު އުފެއްދި މީހާއަށް ވެފައި އެތައް ބައިވަރު ޑައިވްތަކެއް ކޮށްފައި ވުމުން، އެ ހާދިސާ އާ ގުޅިގެން ގިނަ ބަޔަކު އޭނާ އަށް މެސެޖްކޮށް ގުޅާ އެވާހަކަތައް ހިއްސާ ކޮށްފައި ވާތީ އެކަމަށް އިޝާރާތް ކޮށެވެ.

ކެމަރަން ބުނީ، އޭނާ އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ ސަބްމެރިން ކުރަން އުޅޭ ދަތުރަކީ ރައްކާތެރި ދަތުރެއް ނޫން ކަމަށާއި އެއީ ނުރައްކާތެރި ހާދިސާއަކަށް ހުށަހެޅުން ކަމަށް ބުނެ، ކަނޑުއަޑިއަށް ފީނުމުގެ މަސައްކަތުގައި އުޅޭ މީހުން ހިމެނޭ ކޮމިއުނިޓީ [އެއް ކަމަކަށް ޝައުގު ހުންނަ ގިނަ ބަޔަކު ހަރަކާތްތެރިވާ ޖަމާއަތެއް] ގެ ފަރާތުން ޓައިޓަން އޮޕަރޭޓް ކުރާ އޯޝަންގޭޓަށް ސިޓީވެސް ފޮނުވާފައިކަމަށެވެ.

އެއަށް އިޝާރާތް ކުރަމުން އޭނާ ބުނީ، މެރިން ޓެކްނޮލޮޖީ ސޮސައިޓީ (އެމްޓީއެސް) އިން 2018 ގައި އެކަމަށް ސަމާލުވުމަށް ބުނެ ވާހަކަ ދައްކާފައި ވާ ކަމަށާއި އެމެރިކާގެ ނިއުޔޯކްޓައިމްސްގައި ވެސް އެ ހަބަރު އޭރު ޝާއިއު ވެސް ކުރި ކަމަށެވެ.

https://www.facebook.com/jay.l.bloom/posts/pfbid02ND6btDW4wabBxAF4DWVSVVNkdDqsAftc9HW16SuofCbrUecbxmgvME4hEud24a8El

ޓައިޓަން އަށް ދާން ދައުވަތު

ޖޭ ބްލޫމް ކިޔާ މުއްސަންޖަކު ބުނީ، ޓައިޓަންގެ ދަތުރަށް ދާން ކުންފުނީގެ ސީއީއޯގެ ފަރާތުން ގިނަ މެސެޖްތައް ލިބުނު ކަމަށާއި، އޭނާ އޭރު ތައްޔާރު ވަމުން ދިޔައީ ދަރިފުޅާއެކު އެ ދަތުރު ދިޔުމަށް ކަމަށެވެ. ނަމަވެސް އެ ދަތުރު ނުދެވުނީ ނުވަތަ ނުދާން ނިންމުނީ، އެ ޑައިވް ކުރަން ހަމަޖެއްސި ތާރީހުތަކަށް ބަދަލު ގެންނަމުން ދިޔުމާއި، އޭނާގެ ދަރިފުޅު އުފައްދަމުން ގެންދިޔަ ކަންބޮޑުވުންތަކާ ހުރެ ކަމަށެވެ. މޫސުމީ ބަދަލުތަކާއި އަދި އެނޫން ގިނަ ސަބަބުތަކާ ހުރެ ހުސްވި މޭ މަހު ކުރަން އޮތް އެ ދަތުރު ފަސްވަމުން ދިޔަ އިރު އޭނާގެ ދަރިފުޅު ދިޔައީ "ހާސް ވާ ކަމަށާއި ބިރުގަންނަ ކަމަށް" ބުނަމުން ކަމަށާއި އެކަމުގެ ސަބަބުން ދަތުރު ކެންސަލް ކުރީ ކަމަށެވެ. އަދި ދަތުރު ކެންސަލް ކުރާތީ، ސީއީއޯ ށިސްކައުންޓް ވެސް ދިން ކަމަށާއި އެއީ އެއްގަމުގައި ހިނގާ އެކްސިޑެންޓް ތަކާއި ވައިގެ އެކްސިޑެންޓްޓްކާއި ކަނޑުމަތީގެ އެކްސިޑެންޓްތަކާ ބަލާއިރު މާ ބޮޑަށް ވެސް ރައްކާތެރި ދަތުރެއް ކަމަށް ސީއީއޯ ބުނަމުން ދިޔަ ކަމަށެވެ. އަދި ފާއިތުވި 33 އަހަރުގެ ތެރޭގައި އަސްކަރީ ސަބްމެރީނެއް ފިޔަވައި އާންމު އެއްވެސް ސަބްމެރީނެއްގައި ނުރައްކާތެރި ހާދިސާއެއް ހިނގާފައި ނެތްކަމަށް ވެސް ސީއީއޯ ބުނަމުން ދިޔަކަމަށް އޭނާގެ ފޭސްބްކްގައި ބުނެފައި ވެއެވެ.

ނަމަވެސް އޭނާ އިންކާރު ކުރުމުން އެ 2 ޖާގަ ދެން ދިނީ، ސަބްމެރިންގައި ދިޔަ ޕާކިސްތާންގެ ދެބަފައިންނަށެވެ. އެ ދެބަފައިންގެ އާއިލާގެ މެންބަރަކާ ހަވާލާދި ރިޕޯޓްތައް ބުނީ، އެ ދަތުރުގައި 19 އަހަރުގެ ސްލެއިމާން ދާއޫދު ދިޔައީ އެއީ ފާދާސް ޑޭ ގެ މުނާސަބަތުގައި ބައްޕައާ ބައިވެރިވުމަށް ކަމަށާއި ނަމަވެސް އޭނާވެސް ހުރީ، ބްލޫމްގެ ދަރިފުޅުހެން ހާސްވެ ބިރުގެންފައި ކަމަށެވެ. އިތުރަށް ބުނީ، "މާދަމާ ވާނެގޮތެއް ނޭނގޭ ކަމަށާއި، މިއަދު ކުރެވެން ހުރި ކަމެއް ކުރާން" ބުނެ އޭނާއަށް ވިސްނައިދިނުމުން ދިޔައީ ކަމަށެވެ.

ޛޭ ބްލޫމް އާއި އޭނާގެ ދަރި

ކުރިން ގިނަ އަދަދެއްގެ ޓެސްޓް ޑައިވް ކޮށްފައި ވާ އެސްބަމްރިންގައި ދިޔަ ބައެއް މީހުންވެސް ވަނީ އޭގެ ސަލާމަތާއި ރައްކާތެރި ކަމާ ބެޭ ގޮތުން ގިނަ ސުވާލުތައް މީގެ ކުރިން އުފައްދާފައެވެ. އަދި އޯޝަން ގޭޓްގެ ކުރީގެ މުވައްޒަފަކު ވެސް ވަނީ އެފަދަ މައްސަލަަކެއް 2018 ވަނަ އަހަރުވެސް ފެންމަނިކޮށްފައެވެ. އެއިރު އެ މައްސަލައިގައި ކޯޓުމަރުހަލާއެއް ވެސް ކުރިއަށް ދިޔަ އިރު އެ މުވައްޒަފު ބުނެފައި ވަނީ، އާންމުން ގޮވައިގެން އެހާ ފުނަށް ފީނުމުގެ ކުރިން ގިނަ ޓެސްޓްތައް ކުރަން ޖެހިފައި ވާ ކަމަށެވެ.

5 މީހުންނާއެކު ޓައިޓޭނިކް ރެކަށް ޓައިޓަން ފީނި އިރު އެއަށް އޮތީ އެހާ އަޑިއަށް ފީނުމުގެ ހުއްދަވެސް ނުލިބިއެވެ. މި މައްސަލަވެސް މިހާރު ފެންމަތިވެފައި ވާ އިރު، އެ ސަބް ކަފުޖަހައިގެން ޓައިޓޭނިކް ރެކް އޮންނަ ދިމާ އަށް ގެންދިޔަ ކެނެޑާގެ ބޯޓުގެ މައްސަލަ އެގައުމުގެ އިދާރާތަކުން މިހާރު ވަނީ ބަލަން ފަށާފައެވެ.

ސަބްމެރިންގައި ތިބީ ކޮން ބައެއް؟

  • ހަމީޝް ހާޑިން 58އ (މީގެ ކުރިން ސްޕޭސް އަށާއި ދެކުނު ދަނޑިއަށް އެތައް ފަހަރަކު ގޮސްފައި ވާ އެކްސްޕްލޯރާއެއް)
  • ޝަހްޒާރާ ދާއޫދު 48އ (ޕާކިސްތާނަށް ނިސްބަތްވާ މިލިއަނަރެއް އަދި ކިންގް ޗާލްސް އުފައްދަވާފައި އޮންނަ ދެ ފަންޑަކަށް ގައިވައިދުން ފައިސާގެ އެހީވާ މީހެއް)
  • ސުލެއިމާން ދާއޫދު 19އ (ޕާކިސްތާނުގެ މިލިއަނަރުގެ ދަރި އަދި ކިޔަވަމުން ދާ ދަރިވަރެއް)
  • ޕައުލް ހެންރީ ނެގޮލެޓް 77އ (ކުރިން ފްރާންސްގެ ނޭވީގައި އުޅެފައިވާ މީހެއްގެ އިތުރުން މީގެ ކުރިން އެހެން އެއްވެސް މީހަކަށް ވުރެ ގިނައިން ޓައިޓޭނިކް ރެކަށް ޑައިވް ކުރި މީހެއް)
  • ސްޓޮކްޓޮން ރަޝް 61އ (ސަބްމެރިންގެ ވެރިޔާ އަދި އޯޝަންގޭޓްގެ ސީއީއޯ)

ޓައިޓަން ސަބްމާސިބަލްގައި ދަތުރު ކުރި އެންމެން މަރުވެފައި ވާ އިރު ސަބްމެރިން ގެއްލުނުތާ 5 ދުވަސް ފަހުން ޔޫއެސް ކޯސްޓް ގާޑުން ސަބްމެރިންގެ ބައެއް ބައިތަށް އެޓްލާންޓިކް ކަނޑުގެ ގާތްގަނޑަކަށް 13،000 ފޫޓު އަޑިން ފެނިފައި ވާ ކަމަށެވެ. އެ ބައިތަށް ފެނިފައި ވަނީ ކަނޑުއަޑިއަށް ފޮނުވި ރޮބަޓަކުން ޓައިޓޭނިކާ ގާތްގަނޑަކަށް 1،600 ފޫޓު ދުރުން ކަމަށް ކޯސްޓުގާޑުން ބުނެއެވެ.

ޓައިޓަން ސަބްމާސިބަލް ސަބްމެރިން "ކެޓަސްޓްރޯފިކް އިމްޕްލޯޝަން" އެއް ހިނގައި ހަލާކުވެފައިވާ ކަމަށް ކޯސްޓުގާޑުން ބުނެފައި ވާއިރު އަދި މިހާތަނަށް އެ ސަބްމެރިންގައި ތިބި އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ. "ކެޓަސްޓްރޯފިކް އިމްޕްލޯޝަން" އެއް ހިނގާފައި ވަނީ ކަނޑުއަޑީގެ ޕްރެޝާ މައްޗަށް ގޮސް ސްބްމެރިން ފިތި ފަޅަިއގެން ގޮސްގެން ކަމަށް ކޯސްޓު ގާޑުން ބުނެއެވެ.