ކާށިދޫ ކަނޑަށް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ދިވެހި ފިރިހެނަކު މަރުވެއްޖެއެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން ބައެއް މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ލޭންޑިން ކްރާފްޓުން ފަސް މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އޭގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.

ހޮސްޕިޓަލުން މީޑިއާތަކާ ހިއްސާކުރި އިތުރު މައުލޫމާތުގައިވާ ގޮތުން:

  • ލޭންޑިން ކްރާފްޓްގައި ތިބީ ހުސް ދިވެހިން
  • މަރުވި މީހާ ފިޔަވައި ހަތަރު މީހަކަށް އެމަޖެންސީގައި ދަނީ ފަރުވާދެމުން

މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ސިފައިން ހަމައެކަނި ބުނީ ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަނޑުން ޖަހާލި ކަމަށާއި، އެ އުޅަނދުގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުން ދާ ކަމަށެވެ. އޭގެ ފަހުން މީޑިއާއިން ކުރި ސުވާލުތަކަށް ސިފައިން ޖަވާބުދީފައި ނުވެއެވެ. އަދި ހާދިސާގެ އިތުރު ތަފްސީލު ވެސް ހިއްސާ ނުކުރެއެވެ.