ކާށިދޫ ކަނޑަށް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިފިއެވެ.

މީޑިއާ އާ ހިއްސާކުރި މައުލޫމާތުގައި ސިފައިން ބުނީ، ބަންޑުން ޖަހާލާފައި ވަނީ ސިވެކްގެ ލޭންޑިން ކްރާފްޓެއް ކަމަށެވެ.

އަދި އެ އުޅަނދު ބަންޑުން ޖަހާލީ ކާށިދޫ ކަނޑަށް ކަމަށާއި، އެ އުޅަނދުން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވެސް މީޑިއާ އާ ހިއްސާކުރި މައުލޫމާތުގައި ބުންޏެވެ.

އެކަމަކު ހާދިސާގެ އިތުރު ތަފްސީލެއް ސިފައިން އަދި ނުދެއެވެ.