ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމަށް ހަމަޖެހިފައިވާ މީހުން ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލް އިން އިލްތިމާސް ކޮށްފިއެވެ.
އެމްއޭސީއެލް އިން ބުނީ މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން އެއާޕޯޓުގެ ކިއުތައް ދިގުވެ، ޑިލޭވުން މަދުކުރުމަށްޓަކައި ފުރުމުގެ 3 ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް އެދޭ ކަމަށެވެ.
ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް ޗެކިންވުމުގެ ކުރިން އިމުގާ ފޯމް ފުރުމަށް ވެސް އެމްއޭސީއެލުން ވަނީ އެދިފައެވެ.
އެމްއޭސީއެލް އިން ވަނީ މީގެ ކުރިން ވެސް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ދަތުރުކުރާ މީހުން ގިނަވެ އެއާޕޯޓަށް ބާރުބޮޑުވާތީ ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދިފައެވެ.
މި ދުވަސް ވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރަށްވުމާއެކު އީދު ބަންދާ ގުޅިގެން ގިނަ ދުވަސްތަކަކަށް ސަރުކާރުވެސް ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން މާލޭގައި ދިރިއުޅޭ ފަރާތްތަކުން އީދު ބަންދާއި ސްކޫލު ޗުއްޓީއަށް އަތޮޅު ތެރެއަށާއި ރާއްޖެއިން ބޭރަށް ފުރަން ވަނީ ފަށާފައެވެ.