މާލެ އޮތޮޅު ރިސޯޓެއްގެ ޕޫލަކަށް އެރުނު 8 އަހަރުގެ ކުއްޖަކު ގެންބިގެން މަރުވެއްޖެއެވެ،

"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކ. އަތޮޅު ރިސޯޓެއްގައި ސްވިމިން ޕޫލަށް އެރި އުޅުނު ކުއްޖަކު ގެނބިގެން އޭޑީކޭ ހޮސްޕިޓަކަށް ގެންގޮސްފައިވާ ކަމަށް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ހޮސްޕިޓަލަށް އެކުއްޖާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެގައެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 8 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މަރުވި ކުއްޖާގެ އާއިލާއިން ޗުއްޓީ ހޭދަކުރުމަށް މާލެ އަތޮޅު ކޮކޯ ބޮޑު ހިތި ރިސޯޓަށް އައިސްފައިވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އަދި އެކުއްޖާ މަރުވެފައިވަނީ އެ ރިސޯޓުގެ އިންޑޯ ޕޫލަކަށް އެރި އޮއްވައެވެ.