ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރު ހުންނަވާ މުރައިދޫ ގެއިން ނިކުމެވަޑައި ނުގަންނަވައިގެން ނޫޅުއްވާ ކަމަށާއި ކަންބޮޑު ވަނީ އިސްތިއުފާ ނުދައްވައިގެން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިފަދައިން ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ހަމަވާ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ދައުލަތުން ހަމަޖައްސައި ދީފައިވާ ރަސްމީ ގެކޮޅު "މުރައިދޫގެ" އިން ނުކުމެވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
ރޮޒައިނާ ވަނީ ރައީސް ނަޝީދު މުރައިދޫ ގޭގައި ހުންނެވުމަށް ވިދާޅުވެ، 54 މެންބަރުން އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވުމުން މަޖިލިސް ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަން ގޮވާލައްވާފައެވެ. އަދި އިސްތިއުފާ ނުދެއްވާނަމަ ވޯޓު ނަގަން ފުރުސަތު ދެއްވަން ރޮޒައިނާ ގޮވާލެއްވިއެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ މަޖިލިސް ނުހިންގިގެން އުޅެނީ ރައީސް ނަޝީދުގެ ސަބަބުން ކަމަށާއި މުރައިދޫގެ ނުހިންގިގެން ނޫޅުއްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މުރައިދޫގޭގައި ހުންނެވުމަކީ އެއްގޮތަކަށްވެސް ކުރައްވާ ހިއްޕުޅުވާ ކަމެއް ނޫން ކަމަށާއި މުރައިދޫގޭގައި ހުންނަވަނީ ވަރަށް ބޮޑަށް ބަންދުވެފައި ކަމަށެވެ. އަދި މަގާމުން ދުރުކުރަން ސޮއިކުރެއްވި ވަރަށް ގިނަ މެމްބަރުން އެކަން ކުރެއްވީ ވަރަށް ބޮޑަށް ޕްރެޝަރު އައިސްގެން ކަމަށާއި އެމަނިކުފާނު އިސްތިއުފާ ދެއްވުމަކީ މުޅި ރާއްޖެއަށާއި ސިޔާސީ ޕާޓީތަކަށް ވެސް އަދި މަޖިލީހަށް ވެސް ރަނގަޅު ގޮތެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ އަންނަ ސެޕްޓެމްބަރުގެ ފަހުން އެމްޑީޕީ، ރައީސް [އިބްރަހިމް މުހައްމަދު ސޯލިހް] ގެ ކަސްތަޅުގައި ނޯންނާނެ ކަމަށާއި އެމްޑީޕީގެ ވޯޓާ ބޭސް އިން އެކަށީގެންވާ އަދަދެއް ޑިމޮކްޓެރްސް ނަގާނެ ކަމަށް ވިދާޅުވެ ދެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް [ރިޔާސީ އިންތިހާބު] ކާމިޔާބު ކޮށްދެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.
ރަންޑިގަނޑު ހާދަވަރެއް އެބަވެޔޭ މީނަގެ އަމާޔަކީވެސް ހަމަ މިހާ ހަޔާތްކުޑަ މީހެއް ކަމައް މީހުން ބުނެއުޅޭ