މިހާރު ކަންކަން ދާ ގޮތުން އެމްޑީޕީގައި ހުންނަވަން ވަރަށް އުނދަގޫ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އަންނަ ސެޕްޓެމްބަރުގެ ފަހުން އެމްޑީޕީ، ރައީސް [އިބްރަހިމް މުހައްމަދު ސޯލިހް] ގެ ކަސްތަޅުގައި ނޯންނާނެ ކަމަށާއި އެމްޑީޕީގެ ވޯޓާ ބޭސް އިން އެކަށީގެންވާ އަދަދެއް ޑިމޮކްޓެރްސް ނަގާނެ ކަމަށާއި ދެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް [ރިޔާސީ އިންތިހާބު] ކާމިޔާބު ކޮށްދެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ ކަމަށެވެ.
އަދި އެމްޑީޕީ ދޫކޮށް ނުލައި ހުންނަވަނީ، މުޅި އެމްޑީޕީ، ޑިމޮކްރެޓްސްގެ ތެރެއަށް ގެންނެވުމަށް ކަމަށާއި އެކަން އެމަގަށް ހިނގާނެ ކަމަށާއި އަދި އެމަނިކުފާނު އެކަން ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީގައި ހުންނަވަން މިހާރު އަނދަގޫވެ ވަޑައިގަންނަވާ ކަން ފާހަގަކުރައްވާ މިއަދު ނަޝީދު ދެއްކެވި އަނެއް ހުއްޖަތަކީ، 'ދަ ޑިމޮކްރެޓްސް' ރަޖިސްޓްރީ ނުވާތީ އެއީ އެމްޑީޕީގެ ވެރިކަމެއްގައި އެކަން ވިޔަ ނުދޭން އުޅުއްވާތީ ކަމަށް ވިދާޅުވިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ހުންނަވާ ބޭއްވެވި ޕްރެސް އަމާޒު ކޮށްފައި އޮތީ 'ދަ ޑިމޮކްރެޓްސް' ރަޖިސްޓްރީ ނުވާތީ އެކަމުގެ ކަންބޮޑުވުމަށް ކަމަށް ވާއިރު، ނަޝީދު ވިދާޅުވީ، ޕާޓީ ހެދުމަށް މަސައްކަތް ކުރަނީ މަޖިލީހުގެ 13 މެންބަރުން ކަމަށާއި ސިޔާސީ ޕާޓީއެއް ހަދަން އުޅޭ ފަރާތްތަކަށް ހިތްވަރު ނުދޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އިތުރަށް ވިދާޅުވީ، ސިޔާސީ ޕާޓީއެއް ހެދުމަށް ހުރަސް އަޅަނީ [ސަރުކާރުން] ފައިދާއެއް ވާނޭ ކަމަށް ކަމަށާއި ނަމަވެސް ސިޔާސީ ޕާޓީއެއް ރަޖިސްޓާ ކުރަން ޑިމޮކްރެޓްސް އިލެކްޝަނަށް ދާންވެސް ނުޖެހޭ ކަމަށެވެ.
"އެއްވެ އުޅުމުގެ މިނިވަންކަން އެބައޮތް، ހިޔާލުފާޅުކުރުމުގެ މިނިވަން އެބައޮތް، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން އެބައޮތް" ނަޝީދު ވިދާޅުވިއެވެ.
ޑިމޮކްރެޓްސް ކޮންމެެހެން އީސީއަށް ދާން ނުޖެހޭކަން ހާމަ ކޮށްދެއްވަން ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ދަފްތަރުވެސް އީސީން ބަލަހައްޓާ ގޮތަށް ހެދީ ދާދި އިހަށް ދުވަހު ކަމަށާއި މިހާރު ނަޝީދު ހުންނެވި އެމްޑީޕީ ވެސް ފުރަތަމަ ރަޖިސްޓްރީ ކޮށްފައި އޮތީ ސިލޯނުގެ ޕީއޯބޮކްސް އެއް [ނަންބަރެއް] ގައި ކަމަށެވެ.
ނަޝީދު ވިދާޅުވީ، ކޮންމެހެން ޑިމޮކްރެޓްސް ނޫނަސް ދާދި ފަހުން އެމްއާރުއެމް އާ ގުޅޭ ގޮތުންވެސް އިލެކްޝަނުން ދެއްކީ ކަމުދާ ވާހަކައެއް ނޫން ކަމަށެވެ. އަދި ދެމީހަކު އެއްވިޔަސް އެއީ ސިޔާސީ ޕާޓީއެއް ކަމަށާއި، ދެން އިޖުރާއަތުތަކެއް ލައިގެން އެކަން ކުރުމަކީ ގާނޫނު އަސާސީގެ ތަސައްވުރު ނޫން ކަމަށެވެ.
މޑޕ ލަންކާގައި އުފެއްދި ދުވަސްވަރު އުޅުނު ޒާތުގެ މީހުން މިހާރަކު ނޫޅޭނެ ކަމަށް ގަންދީފައި ބުނަން. އެކަން އޭރު ކުރީ ހެޔޮޮ ނިޔަތުގައި އިޚްލާސްތެރިކަމާއެކު. މިހާރު ތިބީ ހުސް ވަގުން. އޭރު މޑޕ އުފައްދަން އުޅުނު އިޚްލާސްތެރިން ވެސް ވަގުންނަށް ވެއްޖެ. ބާކީ ތިބި މީހުން ވެސް ވަގުންނަށް ވެއްޖެ.