ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވުރެ ބޮޑަށް އަންހެނުންގެ އަޑުއަހާ ސަރުކާރެއް ނެތް ކަމަށް އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އަންހެނުނުގް ރޫހުގެ ރައީސާގެ މަގާމުވެސް ފުރުއްވަމުން އަންނަ ރޮޒައިނާ މިގޮތަށް ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން "އަންހެނުގެ އަޑު"ގެ ނަމުގައި މިއަދު މާލޭގެ ދަރުމަވަންތަ ސްކޫލްގައި ކުރިއަށްގެންދިޔަ ވޯކްޝޮޕެއްގައި ވާހަކަ ދައްކަވަމުންނެވެ.

އަންހެނުންގެ އަޑު އުފުލައި އަންހެނުންގެ ތަރައްޤީއަށާއި އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް ގިނަ ކަންތައްތަކެއް މެނިފެސްޓޯގައި މިހާރުވެސް އެކުލަވާލާފައިވާ ކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހުގެ ވެރިކަމުގައި އަންހެނުންގެ އަޑު ވަރަށް ގާތުން އަހަމުން އައުމުގެ އިތުރުން އަންހެނުންނަށް ބޮޑު ސަމާލުކަމެއްވެސް ދެމުން އައި ކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.

މިއަދު ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި މެޑަމް ފަޒްނާ އަދި އިތުރުން އިތުރު ބައިވެރިން

ކެބިނެޓްގެ 30 ޕަސެންޓް އަންހެނުންނާއެކު އެކުލަވާލެއްވި ހިސާބުންވެސް ރައީސް އަންހެން ކަނބަލުންނަށް ދެއްވާ ހާއްސަ ސަމާލުކަން ހާމަވެގެން ދިޔަ ކަމަށާއި އެއަށްފަހުވެސް ކަންކަން ކުރަމުން ދިޔައީ އަންހެނުންގެ ހިއްސާއާއެކު ކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.

އަދި މިއަދު ބޭއްވުނު ވޯކްޝޮޕްގެ ބޭނުމަކީ ވެސް މެނިފެސްޓޯ އެކުލަވާލާއިރު، އަންހެނުންގެ ހިޔާލާއި މަޝްވަރާއާ އެކު މެނިފެސްޓޯ އެކުލަވާލުމުގެ މަގު ފަހިކުރުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަން ޖެހޭ ކަންކަމަކީ ކޮބައިތޯ ބަލައި، އެކަންކަމަށް މެނިފެސްޓޯގައި ވަރަށް ބޮޑަށް ރިއާޔަތްކުރާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ތެރެއިން

އެމްޑީޕީއަކީ ފެށުނީއްސުރެ ޕާޓީ މެންބަރުންގެ އަޑުއައްސަވައި މެނިފެސްޓޯ ތައްޔާރުކުރެވޭ ޕާޓީއެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި ފާއިތުވި 5 އަހަރަކީ އަންހެނުންގެ އަޑުއަހައި އަންހެނުންނަށް އިސްކަމެއްދީގެން މަސައްކަތް ކުރެވުނު ފަސް އަހަރު ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއަދު މެންދުރުފަހު 13:45ން ފެށިގެން އިރުއޮއްސި 18:00 އަށް ކުރިއަށް ގެންދިޔަ މި ވޯކްޝޯޕްގައި ވަނީ އެމްޑީޕީގެ މެނިފެސްޓޯއަށް ހިޔާލު ހޯދުމަށް ގުރޫޕް އެކްޓިވީ ތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ.