ކޮތަޅު ޓެކްސް ނަގަން ފެށި ޓެކްސްގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަަމަށް މީރާގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.
ކޮތަޅުން 2ރ. ގެ ފީއެއް ނަގަން ފެށީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޓެކްސް ނޫން އެހެނިހެން ފީތަކުން ލިބުނު އާމްދަނީގެ ގޮތުގައި 220 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޕްލާސްޓިކް ކޮތަޅުން ލިބުނު އާމްދަނީއަކީ ފީތަކުން ލިބުނު އާމްދަނީގެ 0.50 ޕަސެންޓެވެ އެއީ ޖުމްލަ އަދަދުން ބަލާނަމަ 1،177،904 ރުފިޔާއެވެ.
މިއަހަރު މެއި މަހު ދައުލަތުގެ އާމްދަނީގެ ގޮތުގައި މީރާއަށް ޖުމްލަ ލިބިފައިވަނީ 1.71 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އެޕްރީލް މަހު ލިބުނު 1.86 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު 8 ޕަސަންޓްގެ ދަށްވުމެކެވެ. މިދިޔަ މަހަށް ވުރެ މިމަހު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އޮފް ސީޒަނާ އެކު ފަތުރުވެރިން އަންނަ މިންވަރު ދަށްވެގެން ދިއުމެވެ.
މަހުން މަހަށް އާމްދަނީ ދަށްވި ނަމަވެސް މިއީ މިދިޔަ އަހަރު މެއި މަހާ އަޅާބަލާއިރު 30.4 ޕަސަންޓުގެ އިތުރުވުމެއް ކަމަށް މީރާއިން ބުނެެއެވެ. މީގެ އެންމެ ބޮޑު އެއްސަބަބަކީ ޖީއެސްޓީ ނަގާ ރޭޓަށް އައި ބަދަލާއި އަދި މިއަހަރު އެޕްރީލް މަހު އައި ފަތުރުވެރިންގެ އަދަދުވެސް އިތުރުވެގެން ދިއުމެވެ. މިއާއެކު ޓީޖީއެސްޓީ އާއި އެއާޕޯޓު ފީ ތަކުގެ ގޮތުގައި ލިބޭ މިންވަރު ވަނީ އިތުރުވެފައެވެ.
ކޮތަޅުން 2ރ. ގެ ފީއެއް ނަގަން ފަށާފައި ވާއިރު ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށުމާ އެކު ވިޔަފާރިކުރުމުން ފިހާރަތަކުން ދޭ ކޮތަޅަށް ވެސް މި ފީ ނަގާނެއެވެ. ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ފެށީ، އާންމުން ކޮތަޅު ބޭނުންކުރާ ވަރު މަދު ކުރުމުގެ ބޭނުމުގައެވެ.
ކެވޭވަރުމަދު. ކޮތަޅުން 1މިލިޔަން، ސްޓިކާ ތަތްކޮށްގެން 1މިލިޔަން، ކަރަންޓުބިލް ބުރާންތިވާވަރަށް ބޮޑުކޮށްގެން 2މިލިޔަން، ދަރަންންޏަށް 108.9ބިލިޔަން. ކެވޭތާދޯ. ނަސީބެއްނު ރައްޔިތުން ކަޅުބާޒާރުގަ ނީލަންނުކިޔާކަން. ޖުލައިން 26އަށް ކުޅިވަރުފަރިތަކޮށްދޭން އަދި ޖަލްސާއަށް ދާން ޗުއްޓީތެރޭ ނުކުންނަ ޓީޗަރުންނަށް މެޑަމް އިއްޒައްދީންސްކޫލް ބުނި ވެރިޔާ ދެއްވަޔޯ 6000ރުފިޔާ. މެޑަމްއިއްޒައްދީން އަދި ލީޑިންޓީޗަރޖަޒްލާ ތިބޭނީ މަހު މުސާރަ ދެންދެން. 200 އިން 500އިން އަހަރުމެން އަތުން ނަގާނެ. އަހަރުމެންނަށް ސައިދޭށޯ. ވެންމަސް ވެނަށް. ފޮޓޯ ބޫތު މިނިސްޓަރާ ފޭކްPhD، ދެންތިބިމީހުން ހާލެއް ނޭނގެ. މާސްޓަރޭ ކޮބާ، ވިޑޭވިޑޭ