ސޫދާންގައި ހިނގަމުން ދާ ދާހިލީ ހަނގުރާމަ އާ ހެދި ގިނަ ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވަނި ކެނޑިފައެވެ. ވެރިރަށް ހަރުތޫމްގެ ހޮސްޕިޓަލްތައް ހުޅުވާފައި ހުންނަ ވަގުތަށް ވުރެ ބަންދުކޮށްފައި ހުންނަ ވަގުތު ގިނަ އިރު، ކަރަންޓެ ނެތި ގިނަ ވަގުތުތަކެއް ހޭދަ ވެގެން ދިޔުމަކީ ސިއްހީ ހިދުމަތްތެރިންނަށް ބޮޑު ގޮންޖެހުމެކެވެ.

އޮޕަރޭޝަނެއް ނުވަތަ ސާޖަރީއެއް ކުރަން ޖެހޭ ހާލަތުގައި އެކަންކަން ކުރެވޭނެ ފަސޭހަ ގޮތެއްވެސް ނުހުރެއެވެ.

ވެރިކަމުގެ ބާރުތައް ހޯދުމަށް އަސްކަރީ 2 ޖެނެރަލުންގެ ދެމެދުގައި ހިނގަމުން ދާ ހަނގުރާމައިގައި ސޫދާން ސުންނާފަތިވަމުން ދާއިރު ޒަހަމްވާ މީހުންނާއި، ވިހަން ތައްޔާރުވެފައި ތިބި އެތައް ބަޔަކު ތިބީ ރަނގަޅު ފަރުވާއެއް ނުލިބި ހާސްކަމުގައެވެ.

ޑރ. ހުވައިދާ އަހުމަދު އަލް ހަސަން އަކީ ތަޖުރިބާާރު އަންހެނުންގެ ހާއްސަ ޑޮކްޓަރެކެވެ. ހަނގުރާމައިގެ މިހާލަތުގައި ވިހަން ވެއްދި އަންހެނެއްގެ ސިޒޭރިއަން ހަދަން ޖެހުނު ވަގުތު ހޮސްޕިޓަލުގައި އަލިކަމެއް ނެތެވެ. ޑރ. ހުވައިދާ ގަސްދު ކުރީ އެހެން ވިޔަސް ސިޒޭރިއަން ހަދާށެވެ. އެއާއެކު އޭނާގެ އެހީތެރިންގެ އަތުގައި އޮތް މޯބައިލް ފޯނުތައް ދިއްލައި ސިޒޭރިއަންގައިގެން ކުރިއަށް ދިޔައެވެ.

ބަޝީރާއަށް ލިބުނު ތުއްތު ތުއްތު ދަރިފުޅު

ތީރި ރީތި ތުއްތު ކުއްޖެއް

ހަރުތޫމްގެ އުތުރުބިތުގައި ހުންނަ އަލްބާން ޖަދީދު ހޮސްޕިޓަލަކީ ވެސް އެހެން ބައެއް ސަރަހައްދުތަކެކޭ އެއްގޮތަށް ހަނގުރާމަ އާ ހެދި ގިނަ ވަގުތު ބަންދު ކުރަން ޖެހޭ ހޮސްޕިޓަލެކެވެ. ޒަހަމްވާ މީހުންނާއި އެނޫންވެސް މީހުންނަށް ފަރުވާ ދޭން ޖެހޭ ހޮސްޕިޓަލެކެވެ. 5-6 ދުވަސް ވާންދެން ހޮސްޕިޓަލުން ނުނުކުމެވި ހޮމައިދާ އާއި މަދު ސްޓާފުން ކޮޅު މަސައްކަތުގައި އުޅެން ޖެހިފައި ވެއެވެ.

ހުވައިދާ ބުނީ، އެ ހޮސްޕިޓަލުގެ އަންހެނުންގެ ވޯޑު އޮތީ ވިހަން ތައްޔާރުވެފައި ތިބި މީހުންނާއި މާބަނޑު އަންހެނުންނައިގެން ފުރިފައި ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ސީ ސެކްޝަން ނުވަތަ ސިޒޭރިއަންއަށް ބޭނުންވެފައި ވާ މީހުން ކަމަށާއި އެކަށީގެންވާ ވަސީލަތް ހޮސްޕިޓަލުގައި ނެތް އިރު ކަރަންޓް ނުލިބުމުގެ ސަބަބުން ހުރި ވަސީލަތްވެސް ބޭނުން ނުކުރެވޭ ކަމަށެވެ.

ހޭނައްތާ ޑޮކްޓަރެއް ވެސް ނެތި އަލިކަމެއް ނެތި، ސިޒޭރިއަން ހަދާ ނެގި ތުއްތު ތުއްތު ކުއްޖާގެ ފޮޓޯ އާންމު ކުރަމުން ބުނީ، "ވަރަށް އުފާ ވެއްޖެ" ކަމަށެވެ. ނަމަވެސް ހިތާމައަކީ، ކޮންމެ ސިޒޭރިއަން އަކަށް ފަހު 10 ގަޑިއިރުވެސް ނުވަނީސް މައިމީހާ ހޮސްޕިޓަލުން ދޫކޮށްލަން ޖެހުން ކަމަށް ބުނެފައި ވެއެވެ.

އދ ގެ އާބާދީއާ ބެހޭ ފަންޑުން ބުނާ ގޮތުގައި ސޫދާނުގައި މާބަނދުވެ ވިހަންވެފައި ތިބި 219،000 އަންހެނުން އެބައިނެވެ. އޭގެ ތެރެއިން 24،000 އަންހެނުން ހަފްތާއެއް ނުވަތަ ދެފަހްތާއިން ވިހާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ބަޝީރާ އާއި އޭނާގެ ފިރިމީހާ ތުއްތު ދަރިފުޅު އުރާލައިގެން

ބަޝީރާ އަލް ފާދިލް އަކީ އެގެ ތެރެއިން އެކެކެވެ. މިދިޔަ އޭޕްރީލްގައި ހަނގުރާމަ ފެށިތާ ދެތިން ހަފްތާ ނުވެ އޭނާ ވިހެއެވެ. އޭނާއަށް ޖެހުނީ ސިޒޭރިއަން ހަދާށެވެ. އޭނާ ބުނީ، ނަސީބު ކަންދިމާކުރި ގޮތުން، އޭނާ އެޑްމިޓް ވި އިރު، ހަނގުރާމައިގެ ހާލަތު އެހާ ގޯހެއް ނުވެއެވެ. ނަމަވެސް އޭނާ ބުނީ ވިހަން ޖެހުނީ ބަޑީގެ އަޑުފައްގަނޑުގެ މެދުތެރެއިން ކަމަށެވެ. ވިހެ އިރުވެސް ބޭރުގައި ބަޑިޖަހާ އަޑު އިވެމުން ދިޔަ ކަމަށެވެ.

ބޮން ގޮވާ އަޑާއި އެކި ތަންތަން ގޮވާ އަޑު އިވެމުން ދިޔަ ވަގުތެއްގައި ވިހަން ޖެހުމުން ކުރެވުނީ މުޅިން ތަފާތު އިހުސާސެއް ކަމަށް ބަޝީރާ ކިޔައިދިނެވެ.

އަހަރެމެން މި ވިއްސަނީ، އެމީހުން މަރަނީ

ހޮސްޕިޓަލްގައި މަސައްކަތް ކުރާ ފޫޅުމަޔަކު ބުނީ، އެމީހުން ރެއާއި ދުވާލު ބަލިމީހުންގެ ހިދުމަތުގައި އުޅޭ އިރު ބޭރުގައި ހަނގުރާމަ ކުރާ މީހުން އެއްވެސް ރަހުމެއް ނެތި އެއްބަޔަކު އަނެއް ބައެއްގެ ގަޔަށް ބަޑިޖަހާ މަރަނީ ކަމަށެވެ. ބޮމުގެ ހަމަލާތަކާއި މިސައިލް ހަމަލާތައް ދެމުން ދާ އިރު އެ ހަމަލާތުގެ ޝިކާރައަކަށް އެތައް ފުރާނައެއް ވެ ނިމިގެން ދާ ކަމަށެވެ. އޭނާ އިތުރަށް ބުނީ، ހޮސްޕިޓަލްތަކާ ހަމައަށް ނުދެވޭ މީހުން ގުޅާލައިފައި ބުނާ އިރަށް އޭނާ އެގެއަކަށް ދާ ކަމަށެވެ. ހާއްސަ ހާލަތެއް ނުވަތަ ކޮމްޕްލިކޭޝަނެއް ނެތިއްޔާ އެމީހަކު ވިއްސާ ކަމަށެވެ.

"އަހަރެމެން ދެ ފުރާނައެއް ސަލާމަތް ކުރަނީ، އެއީ މަންމަ އާއި ދަރިފުޅު، އެމީހުން [ހަނގުރާމަވެރިން] އަހަރެމެން މަރަނީ" ފޫޅުމައި މަވާހެބް ބުންޏެވެ.