މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ބާއްވާ 'ރަނި އެވޯޑަށް' ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލް އިން ބުނީ މި އެވޯޑަކީ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 2 އަހަރު ފުރުމާ ގުޅިގެން އަންހެންގެ މަސައްކަތްތެރިކަމާ، އެކި ދާއިރާތަކުން ގައުމަށް ކޮށްދީފައިވާ އަދި ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ހިއްވަރު ދިނުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެއްކަމަށެވެ.

މީގެ އިތުރުން މި އެވޯޑަކީ މުޖުތަމައުގެ އަންހެނުންނައް ދިމާވާ ގޮންޖެހުން ތަކުގެ ހައްލު ހޯދައި އެ މީހުންގެ ދަރަޖަ އުފުލުމަށް ކުރެވިފައި މިންވަރު އިތުރުކުރުން ކަމަށް ވަނީ ބުނެފައެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މި އެވޯޑަށް ހުށަހެޅޭ ފަރަތަކ،ީ ހުށަހަޅަ ދައިރަ ގައި މަދުވެގެން މެދުކެޑުމެއްނެތި 5 އަހަރު ހިދުމަތް ކޮއްދީފައިވާ ފަރާތަކަށްވުމުގެ އިތުރުން މި އެވޯޑަށް ހުށަހަޅާ ޖަމިއްޔާ ނުވަތަ ވަކިވަކި ފަރުދުންގެ ވިޔަފާރިތަކަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި އެ ފަރާތަކީ ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އިސްލމީ ޝަރީއަތުގައި ހައްދު ކަނޑަ އެޅިފައިވާ ކުށެއް ކުރިކަން ސަބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

ރަނި އެވޯޑަށް ހުށަހެޅުމުގައި ބަލާނެ ދާއިރާތަކަކީ:

  1. އިޖްތިމާއީ ދާއިރާ
  2. އިގްތިސާދީ ދާއިރާ
  3. ތައުލީމީ ދާއިރާ
  4. އިންސާނީ ހައްގުތަކުގެ ދާއިރާ

މާލެ ސިޓި ކައުންސިލް އިން ވަނީ މި އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ޖޫން 7، 2023 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް، އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އޮފީހަށް ފޯމު ހުށަހެޅުމަށް އެދިފައެވެ.