800އަށް ވުރެ ގިނަ ކުދިންނާއެކު ބީއެމްއެލްގެ ވާއު ކިޑްސް ރަން ބާއްވައިފިއެވެ.

ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވާއު ކިޑްސް ރަން" ގެ މިއަހަރުގެ ދުވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ހުޅުމާލޭގައެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން ގައި ތިން އުމުރު ފުރާއެއްގެ ކުދިން ވަނީ ބައިވެރިވެފައެެވެ.

މި ދުވުމުގައި ކުދިން ބައިވެރިވެފައިވާ 3 އުމުރުފުރާ:

  • 3 އަހަރާއި 5 އަހަރާ ދެމެދު - 1 ކިލޯ މީޓަރު
  • 6 އަހަރާއި 8 އަހަރާ ދެމެދު - 2 ކިލޯ މީޓަރު
  • 9 އަހަރާއި 11 އަހަރާ ދެމެދު - 3 ކިލޯ މީޓަރު

ބީއެމްއެލްއިން ބުނީ މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބާއްވާ ހާއްސަ ހަރަކާތެއް ކަމަށެވެ. އެ ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމުމުން ވަނީ މެޑަލް ދީފައެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ލިބޭ ދުވުމަކަށްވާއިރު ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން މި ދުވުން ބޭއްވި މިއިީ ހަވަނަ އަހަރެވެ.