އަންނަ ރިޔާސީ އިންތިހާބަށް އިލެކްޝަން ކޮމިޝަނުން ވަގުތީ މުވައްޒަފުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ވޯކިން އިންޓަވިއުއެއް ބާއްވަން ނިންމައިފިއެވެ.

އީސީން ބުނީ، މި އިންޓަވިއު ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 20 އަދި 21 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ކަމަށެވެ. މި ދެ ދުވަހުގެ އިންޓަވިއު ބާއްވަން ހަމަޖެހިފައި ވަނީ ދަރުވާރުގޭގެ ހަކުރާ މާލަމުގައެވެ.

އީސީން ވަގުތީ މުވައްޒަފުން ހޯދާ މަގާމުތައް:

  • ސީނިއާ އޮފިސަރު- މީޑިއާ - 1
  • މޭނޭޖަރު - 10
  • އޮފިސަރު - 218
  • ގްރެފިކް ޑިޒައިނާ - 3
  • މަސައްކަތު - 6
  • ސީނިއާ އޮފިސަރު - 42
  • ސޮފްޓްވެއާ ޑިވެލޮޕާ - 1
  • ސައިބާ ސެކިއުރިޓީ ކޮންސަލްޓަންޓް - 1
  • ސީނިއާ އޮފިސަރު ފޮޓޯގްރާފަރު - 1
  • ޓެކް އޮފިސަރު - 8
  • ސެކިއުރިޓީ އޮފިސަރު - 6
  • އޮފިޝަލުން - 5579
  • ޓްރެއިނާ - 80
  • ސަޕޯޓް އޮފިސަރު -4

އީސީން ބުނީ، މި ވޯކިން އިންޓަވިއު ބޭއްވުމުގެ މަގްސަދަކީ އަންނަ ރިޔާސީ އިންތިހާބަށް ބޭނުންވާ އެކިއެކި މަސައްކަތްތައް ކުރުމަށް ވަގުތީ މުވައްޒަފުން ނެގުމަށް ކަމަށެވެ. އެގޮތުން ދަރުބާރުގޭގައި ބާއްވާ އެ ހަރަކާތުގައި އެ ވަޒީފާތަކާ ބެހޭ މައުލޫމާތު ދިނުމާއި، ކުރިމަތިލާން ބޭނުންވާ ފާރަތްތަކުގެ ފޯމް ފުރައިދިނުން ހިމެނެއެވެ. މީގެ އިތުރުން ފޯމް ފުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމާއި އަމަލީ ޓެސްޓު ދިނުން ވެސް ހިމެނޭ ކަމަށް އީސީން ބުނެއެވެ.

މީގެ އިތުރުން ވެސް އީސީން ވަނީ ދާއިމީ ތިނަ މަގާމަކަށް ވެސް ހުޅުވާލާފައެވެ. އެ ތިން މަގާމަކީ ހިއުމަން ރިސޯސަސް ސެކްޝަނަށް އޮފިސަރަކާއި، އިންފޮމޭޝަން ސިސްޓަމް ސެކްޝަނަށް ޑިވެލޮޕަރަކާއި، ޕްލޭނިން ޕޮލިސީ އެންޑް ރިސާޗް ސެކްޝަނަށް އެސިސްޓަންޓް ޑިރެކްޓަރެކެވެ.

މި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުމަށް އީސީން ބުނެއެވެ.