އިންޑިއާގެ ބައިމަދު އަދި ވަކިން އޮންނަ މަނިޕޫރުގެ މައި ގަބީލާއަށް ހައިސިއްޔަތު ދޭން ސަރުކާރުން އުޅުމުން އެހެން ގަބީލާތަކާ ދެމެދު ކުރިމަތިލުންތައް ހިނގައި މިހާތަނަށް 30 މީހަކު މަރުވެއްޖެ ކަމަށް ހަބަރު ލިިއްޖެއެވެ.

މަނިޕޫރަކީ، ތަފާތު އެކި ގަބީލާތައް ހިމެނޭ ގޮތަށް މާސިންގާ ޖަންގައްޔާ ކައިރީގައި އޮންނަ ކުޑަކުޑަ އަވަށެކެވެ. އާބާދީގައި 2 މިލިއަނެއްހާ މީހުން އުޅޭ އެ އަވަށުގައި މައި ގަބީލާއަކީ މެއިޓީސް ކިޔާ ބައެކެވެ. އެ އަވަށުގެ 50 ޕަސެންޓު މީހުން ނިސްބަތްވަނީ އެ ގަބީލައަށެވެ. އެއީ ވަކި ގަބޫލު ކުރުންތަކެއްގެ މައްޗަށް ދިއިރުޅޭ ވަކިދީނެއް ނެތް ބައެކެވެ.

ހަމަނުޖެހުން ހިނގަން މެދުވެރިވީ، އެ ސަރަހައްދުން ހައިސިއްޔަތު ދޭ ހަމައެކަނި ގަބީލައަކީ މެއިޓީސް ކަމަށް ވުމުންނެވެ. ސަރުކާރުން ހައިސިންޔަތު ދިނުމުން ލިބޭ ބައެއް ފަސޭހަތަކުގެ ތެރޭގައި ވަކި އަދަދަކަށް ސަރުކާރުގެ ވަޒީފާ ލިބުމާއި ތައުލީމުގެ ފުރުސަތު ލިބުމާއި ޖެހިގެން އޮންނަ ޖަންގަލީގެ ބާރު ލިބުމާއި ވޯޓުގައި ބައިވެރިވެވުން ފަދަ ފުރުސަތުތައް ހިމެނެއެވެ. އެ ހައިސިއްޔަތު ނެތް ގަބީލާތައް އެކަންކަމުން މަހުރޫމް ވާތީ އެކަމާ ދެކޮޅަށް އެހެން ގަބީލާތައް ގުޅިގެން ފެށި އިހުތިޖާޖު ހަމަނުޖެހުމަކަށް ބަދަލުވެ ދެފަރާތުން ކުރިމަތިލައި އެއްބަޔަކު އަނެއްބަޔަކަށް ހަމަލާދޭން ފެށީއެވެ.

ގިނަބަޔަކު މަރުވެ، ހާލަތު ކޮންޓްރޯލުން ނެއްޓުމުން މިހާރު ވަނީ ސަރުކާރުގެ އެތައްހާސް ފުލުހުން ހަތިޔާރާއެކު އެ އަވަށަށް ވަދެގެންފައެވެ. އަދި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބާރުގެ ބޭނުން ކޮށް މިހާރު މައިތިރި ކުރެވިފައި ވާ ކަަމަށް ހަބަރުތައް ބުނެއެވެ.

އޯލް ޓްރިބަލް ސްޓޫޑަންޓް ޔޫނިއަނުން ބުނާގޮތުގައި އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ނުވަތަ އެ މައްސަލަ ހައްލު ކުރަން ބީޖޭޕީ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރެއެވެ.