މި ދުވަސްވަރު ރާއްޖެއަށް ކުރާ ވިއްސާރައަކީ މަލިކު ކައިރީ އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ވިއްސާރަކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖެއަށް މި ދުވަސްވަރު ކުރަނީ މޫސުމީ ވިއްސާރަ ނޫން ކަމަށެވެ. އަދި އާންމުކޮށް ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށަނީ މެއި މަހުގެ މެދުތެރޭގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލަކްޝަދީބް ކައިރީގައިވާ ސައިކްލޯނިކް ސާކިއުލޭޝަންގެ ސަބަބުން ކުރާ ވިއްސާރައެއްކަމަށެވެ. އަދި މިހާރު ރާއްޖެއަށް ކުރާ ވިއްސާރާގައި ކުރިއަށް އޮތް ދެތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ބައެއް ހިސާބުތަކަށް ބާރަށް ގުގުރުން އެކަށީގެންވާކަށް މެޓުން ވަނީ ބުނެފައެވެ.
މިއަދާ މާދަމާގެ މޫސުމަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ބައެއް ރަށްތަަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓުންވަނީ ބުނެފައެވެ. އަ ދިހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެން ވާކަމަށް ލާފާކޮށް މެޓުންވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.