ކުލި ދައްކަން ޖެހޭ މުއްދަތު އިތުރުކޮށް، ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާ ގުޅޭ ގޮތުން ސަރުކާރާ އެކު މަޝްވަރާ ކުރެވެމުން ދާ ކަމަށް، އާބަންކޯ އިން ބުނެފިއެވެ.
އެނގިފައިވާ ގޮތުގައި ސަރުކާރުގެ އިދާރާތަކާ އެކު މަޝްވަރާ ކުރުމަށް ފަހު، ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން ނިންމާފައި ވަނީ 5،300 ރުފިޔާ އަށެވެ.
ރައީސް އޮފީހުގައި އެކަމާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގެ މައުލޫމާތު އެނގޭ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ފްލެޓްތަކުގެ ކުލި ކުޑަކުރަނީ، އެ ތަނުގައި ދިރިއުޅުމަށްޓަކައި ފްލެޓްވެރިން ބޮޑު ހަރަދެއް ކޮށް، އެ ހަރަދުތައް ބައެއް މީހުން ކުރީ ދަރަނި ނަގައިގެން ކަމަށް ވާތީ ލުޔެއް ދިނުމުގެ ގޮތުންނެވެ.
ކުލި ކުޑަކުރުމަށްޓަކައި ގެނައި މައިގަނޑު ބަދަލަކީ އެނގިފައިވާ ގޮތުގައި، 25 އަހަރުން ފައިސާ އެއްކޮށް ދައްކައި ނިންމާ ގޮތަށް އޮންނަ އޮތުން 32 އަހަރަށް އިތުރުކުރުމެވެ. އެހެންކަމުން މެއިންޓަނެންސް ފީ އާ ނުލާ ދައްކަން ޖެހޭ 7،500 ރުފިޔާ އިން 2،200 ރުފިޔާ އުނިވެގެން ދާނެއެވެ.
ކުލީގެ ގޮތުގައި މެއިންޓަނެންސް ފީގެ ގޮތުގައި ދައްކަން ޖެހޭ 1،000 ރުފިޔާ އާ އެކު، މަހަކު 8،500 ރުފިޔާ ކުލީގެ ގޮތުގައި ޖުމްލަ ދައްކަން ޖެހެއެވެ.
މިދިޔަ މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާ ގުޅޭ ގޮތުން، "ހިޔާ ރައްޔިތުންގެ ގުޅުން" ޖަމިއްޔާ އާ އެކު ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން އެ ޖަމިއްޔާ އިން އޭރު ބުނީ، ކުލި ކުޑަކުރުމަށްޓަކައި ސަރުކާރުން ތިން ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށެވެ. އެއީ:
- ފިނިޝިން މަސައްކަތްތަކަށް ނެގި ލޯނުތައް ފުރިހަމަކުރުމަށް ފަސް އަހަރުގެ މުއްދަތަކަށް ކުލި ކުޑަކުރުން
- ކުލި ނުދެއްކޭ، މާލީގޮތުން ދަށް އާއިލާތައް ދެނެގަނެ އެފަދަ އާއިލާތަކަށް ކުލި ކުޑަކުރުން
- ކުލި އެއްކޮށް ދައްކައި ނިންމަން ޖެހޭ މުއްދަތު 25 އަހަރުން 30 އަހަރަށް އިތުރުކުރުން
ހިޔާ ފްލެޓްތަކުގެ ކުލި ބޮޑުވުމަކީ ފްލެޓްވެރިންގެ މެދުގައި އޮތް ކަންބޮޑުވުމެކެވެ. ފްލެޓްތަކުގެ ކުލި ކުޑަކުރުމަށްޓަކައި ފްލެޓްވެރިން މީގެ ކުރިން ގޮވާލައި، އިހްތިޖާޖު ވެސް ކޮށްފައިވެއެވެ.
އޭރަށްވެސް ދައްކަން ޖެހޭވަރެއް މަދެއްނުވަާނެ. ގިނަދުހުވަހުން ދައްކަންޏާ ގިނަ ލާރި ދައްކަން ޖެހޭނެ. ތިއުޅެނި ބަޔަކު ހައްދާނެ ގޮތެއް ނޭގިގެން. އިނތިޚާބު ކައިރިވާތީ