އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގައި ހިދުމަތް ކުރައްވަމުން ގެންދެވި މޭޖާ އަލީ ސަލީމް ނިޔާވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަލީ ސަލީމް ނިޔާވީ ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށެވެ. އެ މަރުޙުމުގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދޭ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އޭނާއަކީ ދިވެހި އަސްކަރީ ހިދުމަތުގައި އިހްލާސްތެރިކަމާއި ވަފާތެރިކަން މަތީ 34 އަހަރު ދުވަހު އަގު ނުކުރެވޭ ފަދަ އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް ޝަމާލް ވިދާޅުވިއެވެ. ހާއްސަކޮށް، ފަޔާ ފައިޓަރުން ތަމްރީން ކުރެއްވުމުގައި އަދާކުރައްވާފައިވާ ދައުރު ފާހަގަކޮށްލެވޭ ކަމަށް ޝަމާލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވެފައި ވަނީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެފައި ވަނިކޮށެވެ. އެގޮތުން މިއަދު އޭނާ ވަޒީފާއަށް ވެސް ނިކުމެވަޑަިއގެންފައިވާ އިރު، ބަލި ހާލަތު ގޯސްވެގެން އޭނާ ވަނީ ހޮސްޕިޓަލަށް ވަޑައިގެންފައެވެ. އަދި އޭނާ ނިޔާވެފައިވަނީ ހޮސްޕިޓަލުން އޭނާއަށް ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް މައުލޫމާތު ލިބެއެެވެ.