ދެކުނުގެ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ ކުރިން މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ވަނީ 63 އަހަރުގެ ފިރިހެނެއް މިރޭ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ ދެކުނުގެ ސަރަހައްދުގެ (ގއ، ގދ، އައްޑޫ ސިޓީ އަދި ފުވައްމުލައް) ހިމެނޭ ސަރަހައްދުގެ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ރޭ 23:02 ގައި ފުލުހުންނަަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެެ.

މި މައްސަލަ ފުލުހުން އިތުރަށް ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އިތުރުވަމުން އަންނައިރު ޖެނުއަރީ މަހު އެކަނި ވެސް 27 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވެއެވެ.