ފުވައްމުލަކުގައި މިއަދު ތިން އެކްސިޑެންޓެއް ހިނގި އިރު ދެ އެކްސިޑެންޓްގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން އިތުރު ފަރުވާ އަށް މާލެ ގެންނަ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ.

ފުރަތަމަ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހަވީރު 5:48 ގައި ގައެވެ. އެކްސިޑެންޓް ހިނގީ ފުވައްމުލަކު ޖަމާލުއްދީން ނައިބުތުއްތު މަގުން ދުއްވާފައި ދިޔަ ސައިކަލެއް ވެއްޓިގެން ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 20 އަހަރުގެ އަންހެނަކަށް އަނިޔާވެފައިވާ ކަމަސް ވެސް ފުލުހުން ބުނެއެވެ.

އެ ރަށު ކައުންސިލުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގީ ކުލަ ޖަހަން އުޅުނު ބައެއްގެ ކައިރިން ރެކިގެން ދާން މަސައްކަތް ކުރަނިކޮށް ސައިކަލު ކޮންޓްރޯލުން ނެއްޓި ވެއްޓިގެން ކަމަށެވެ. އަނިޔާ ލިބުނީ ސައިކަލު ދުއްވަން އިން އަންހެން މީހާއަށް ކަމަށާއި އޭނާގެ ކަންފަތުން ލޭއަންނަ ކަމަށާއި އިންޓާނަލް މައިނާ ހެމަރޭޖެއް ހުރި ކަަމަށް ބެލެވޭތީ އޭނާ އަވަސް ފަރުވާއަށް މިރޭ މާލެއަށް ފުރުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިކުރީ ވިދާޅުވިއެވެ.

ދެވަނަ އެކްސިޑެންޓާ ގުލޭ ގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 5:05 ގައި ކަމަށެވެ. އެއީ ފުވައްމުލަކު މިސްކިތް މަގު ހޯމް ޕަވާ ކުރިމަތިން ޕިކަޕަކާއި ސައިކަލެއް ޖެހިގެން ހިނި އެކްސިޑެންޓެއް ކަމަށާއި އެ އެކްސިޑެންޓްގައި އަނިޔާ ލިބިފައި ވަނީ ސައިކަލު ދުއްވަން އިން 61 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ފިރިހެން މީހާއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ފިކުރީ ވިދާޅުވީ، ސައިކަލު ދުއްވަން އިން މީހާ ގޯޅި އަކުން އައިސް ލަނަބާލި ވަގުތު ޖަންގްޝަންއާ ދިމާލުން އެކްސިޑެންޓްވީ އެ މަގުން ބާރަށް ދިއްވާފައި އައި ޕިކަޕެއްގައި ސައިކަލު ޖެހިގެން ކަމަށެވެ. ސައިކަލު ދުއްވަން އިން މީހާ ވިއްސައިގެން ގޮސް ޖެހުނު އިރު އޭނާގެ މޫނަށް ވަރަށް އަނިޔާވެފައިވާ ކަމަށް ފިކުރީ ވިދާޅުވިއެވެ. މި ފިރިހެން މީހާވެސް އިތުރު ފަރުވާއަށް މިރޭ މާލެއަށް ފުރުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭނާ ފުަރުވާ އަށް މާލެ ފޮނުވާލަނީ ލޮލުގެ މައްސަލައެއް ހުރުމުން ކަމަށް ފިކުރީ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މިއަދު ފުވައްމުލަކުައި ވަނީ އެކްސިޑެންޓެއް ހިނގާފައެވެ. މި އެކްސިޑެންޓް ހިނގީ ހަވީރު 5:43 ހާއިރު، ފުނާޑު ކަނދޮވެލި ދަނޑާއި ދިމާލު ޖަމާލުއްދީން ނައިބުތުއްތު މަހުން އެއްކޮޅަށް ދިއްވާފައި ދިޔަ ސައިކަލަކާއި ބައިސްކަލެއް ޖެހިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި އެކްސިޑެންތްގައި ބައިސްކަލް ދުއްވަން އިން 63 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަަމަށް ފުލުހުން ބުނެއެވެ