ކ. ހިންމަފުށީގައި އޮތް 2 ލޯންޗެއްގައި ރޯވެއްޖެއެވެ.

މި ކަމާ ގުޅިގެން "ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ހިމަންދޫ ކައުންސިލްގެ މެންބަރު އަހްމަދު ޒިމާމް ވިދާޅުވީ އަލިފާން ރޯވެފައިވަނީ އެއްގަމުގައި އޮތް 2 ލޯންޗެއްގައި ކަމަށާއި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި 2 ލޯންޗު އެއްކޮށް އަނދާފައިވާ ކަމަށެވެ.

އަލިފާންގަނޑު ނިވާލާފައި ވަނީ ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެންނެވެ. އަލިފާން ރޯވަން ދިމާވި ސަބަބު އަދި އެނގިފައި ނުވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސުމާ ގާތްވެފައި ވަނިކޮށެވެ.

މިދިޔަ އަންގާރަ ދުވަހު ޏ. ފުވައްމުލަކުގައި ހުރި ހޯގާޑް ކުންފުނީގެ އިމާރާތެއްގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.