131 ވަނަ ސިފައިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާދަމާ ސިފައިންގެ ހަރަކާތްތަކަކާއެކު އެރޭ ހަވާ އަރުވާނެ ކަަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ފާހަގަކުރާ ސިފައިންގެ ދުވަސް މި އަހަރު ވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައި ކަަމަށެވެ. އެގޮތުންއެ ދުވަހުގެ ހަރަކާތްތައް ފެށިގެން ދާނީ ހުކުރު ދުވަހުގެ ދުވަހުގެ ހެނދުނު 6:00 ގައި އޮންނަ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި ޝަރަފްގެ ހިނގާލުން އޮންނާނެ ކަމަށާއި އެ ހިނގާލުމުގައި ބައެއް ތަންތަނުގައި މަޑުކޮށް މިލިޓަރީ ބޭންޑުގެ ހުށަހެޅުންތައް އޮންނާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. މީގެ އިތުރުން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ޑިސްޕްލޭއެއް އެ ރޭ 8:00 އިން ފެށިގެން ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް އެފަރާތުން ބުނެއެވެ.
އާންމުންނަށް ހުޅުވާލައިގެންވާ ބާއްވާ މި ޑިސްޕްލޭގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑްގެ ހުށަހެޅުންތަކާއެކު ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައި ކަަމށް އެމްއެންޑީއެފުން ބުނެއެވެ. ހަވާ އެރުވުން އޮންނާނީ އެރޭގެ 8:20 ހާއިރުއެވެ.
މި ހަރަކާތްތަކުގެ އިތުރުން ސިފައިންނާއި ސިފައިންގެ އާއިލާތައް އަދި އާންމުންނަށް ބައިވެރިވެވޭ ގޮތަށް ތަފާތު ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަންނަ ހުކުރު ދުވަހު ސިފައިންގެ ދުވަސް ފާހަގަ ކުރާ އިރު، މި އަހަރުގެ ފިތުރު އީދު ދުވަހަކީ ވެސް އެ ދުވަހުއެވެ.