ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވެރިކަމެއްގައި ރާއްޖޭގެ ހާރިޖީ ގުޅުންތައް ކުރިއަށް ގެންދާނެ ގޮތާ ބެހޭ ގޮތުން އެ މަނިކުފާނު ދެއްކެވި ވާހަކައަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މަޖިލީސް މެންބަރު އިބްރާހީމް ޝަރީފު ރައްދު ދެއްވައިފިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ހާރިޖީ ސިޔާސަތަކަށް ވާނީ ރާއްޖޭގެ ރައީސްކަން ކުރިން ކުރެއްވި މަރުހޫމް އިބްރާހީމް ނާސިރާއި މިހާރުގެ އެމްއާރުއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގެންގުޅުނު ހާރިޖީ ސިޔާސަތުކަމަަށެވެ.
ގާސިމްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޝަރީފު ވިދާޅުވީ ގެ ރައީސް އިބްރާހިމް ނާސިރާއި މައުމޫންގެ ހާރިޖީ ސިޔާސަތު މި ޒަމާނަށް ނުފެތޭ ކަމަށެވެ.
މިހާރު ރާއްޖޭގެ ހާރިޖީ ގުޅުންތައް އޮންނަޖެހޭ ގޮތާއި ބެހޭ ގޮތުން ޝަރީފު ވިދާޅުވީ މިހާރުގެ ހާރިޖީ ސިޔާސަތު ވާން ޖެހޭނީ އިގްތިސާދީ ގޮތުންނާ، އިސްތިގުލާލީ ގޮތުން އަދި ސަރަހައްދީ މަސްލަހަތަށް ވެސް ބަލައިގެން އެކުލަވާލެވޭ ސިޔާސަތުތަކަށް ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ހިމާޔަތް ކުރަން ދުނިޔޭގެ ބޮޑެތި ބާރުތަކާއި އަދި ސަރަހައްދީ ގައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށް ޝަރީފު ވިދާޅުވިއެވެ.
މި ސަރުކާރާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށަ ތާއިދުކުރައްވާ ޝަރީފުވަނީ ރައީސް ސޯލިހް ގެންގުޅުއްވާ ހާރިޖީ ސިޔާސަތުތައް ރަނގަޅުކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހް ބައިނަލްއަގުވާމީ ގައުމަތަކާ ގުޅުން ރަނގަޅުކޮށް ސަރަހައްދީ ހަމަނުޖެހުންތަކުގެ ތެރެއަށް ރާާއްޖެ ވައްޓާ ނުލާކަން ޝަރީފުވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ހަރިޖީ ގުޅުންތައް ބަދަހިކުރަން ފެށީ ނާސިރުގެ ވެރިކަމުގައެވެ. އަދި ރައީސް މައުމޫނުގެ ވެރިކަމުގައިވެސް ހުރިހާ ގައުމަކާއެކު އެއް މިންގަނޑެއްގައި ހަރިޖީ ގުޅުންތައް ބަދަހިކުރެއްވިއެވެ. އެހެންނަމަވެސް ރައީސް މުހައްމަދު ނަޝީދު އާއި ރައީސް ޔާމީން ގެ ސަރުކާރުގެ އިތުރުން ރައީސް ސޯލިހްގެ ސަރުކާރުގައިވެސް ފެނިގެންދަނީ ވަކި ގައުމަކަށް ބުރަ ވެގެން ހާރިޖީ ސިޔާސަތު ދަމަހައްޓާ މަންޒަރެވެ.
ބަލަ ޝަރީފު ތިމާއަކީ މާކަންތައް ދަންނަމީހަކު ކަމުގައި ނުހެދޭށެވެ. ކަލޭތީ ކުރައްޕަކައްވުރެ ވެސް ނިކަމެތި މީހެކެވެ.