ރިހަ އަކީ އިންޑިއާގެ އުފެއްދުމެއް ނަމަވެސް އެއީ ދިވެހިންގެ އާދަކާދައާ ގުޅިފައިވާ މުހިންމު ބައިވެރި އެކެވެ. ޒަމާނުއްސުރެ ކައްކަމުން އަން ރިހަ، އެކި ބާވަތްތައް ބޭނުންކޮށްގެން ކައްކާ އުޅެއެވެ. މިއީ ކުޅިކޮށް ކާން ބޭނުންވާ ބޭފުޅުންނަށް ވަރަށް މީރު ކެއުމަކަށް ވާނެއެވެ.

ނަމަވެސް އެ ބޭފުޅަކު ބޭނުންވާ ނަމަ ކުޅި މަޑުކޮށްވެސް މި ރިހަ ތައްޔާރު ކޮށްލެވިދާނެއެވެ. ރޮށި ނޫން ނަމަ ބަތާ އެއްކޮށް އިންސާފު ކޮށްލުމަށްވެސް މިއީ ރަނގަޅު ކާނާއެކެވެ.

ބޭނުންވާ ތަކެތި

  • 3 މޭޒުމަތީ ސަމްސާ ތެޔޮ
  • 1 ފިޔާ (ތުނިކޮށް ކޮށާފައި)
  • 3 ލޮނުމެދު (ކުދިކޮށް ކޮށާފައި)
  • ވަޅޯ މަސް (ކިއުބް ގޮތަށް ކޮށާފައި)
  • 3-4 ރާނބާ ފަތް (3 އިންޗި އަށް ބުރި ކޮށްފައި)
  • 10-15 ހިކަނދި ފަތް
  • 2 ހިކި މިރުސް
  • ލޮނު (ރަހަލާ ވަރަށް)\
  • 3 މޭޒުމަތީ ސަމްސާ ހިކި މިރުސް (ޕައުޑަރު) / ލޮނު މިރުސް ހަވާދު
  • 1/2 ސައިސަމްސާ އަސޭމިރުސް
  • 1/2 ސައިސަމްސާ ދިރި ޕައުޑަރު
  • 3 މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕޭސްޓް
  • 2 މޭޒުމަތީ ސަމްސާ ފެން
  • 2 ބިލިމަގު
  • 3 ޖޯޑު ދިޔާ ކާށި ކިރު
  • 1 ޖޯޑު ބޯ ކާށި ކިރު

ތައްޔާރު ކުރާނެ ގޮތް

ތެއްޔަކަށް ތެޔޮ އެޅުމަށްފަހު، ހޫނު ވުމުން ފިޔާ، ލޮނުމެދު، ރާނބާފަތް، ހިކަނދި ފަތް އެޅުމަށްފަހު ފިޔާ ގަނޑު މީރު ކޮށްލާށެވެ. ދެން ހިކި މިރުސް، ލޮނު އެޅުމަށްފަހު އެއްކޮށްލާށެވެ.

ރިހަ ތައްޔާރުކުރުމަށް ފިޔާ ކޮށާފައި

ދެން ވަޅޯ މަސް އެޅުމަށްފަހު 2-3 މިނެޓް ވަންދެން ކައްކާލާށެވެ. ދެން އޭގެ ތެރެއަށް ހިކި މިރުސް ޕައުޑަރު އަސޭމިރުސް، ދިރި އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޓޮމާޓޯ ޕޭސްޓް އަާޅާ 2 މިނިެޓް ވަންދެން ކައްކާލުމަށްފަހު ފެން ފޮދު އަޅާ 3-4 މިނެޓް ވަންދެން މަޑު ގިނީގައި ކައްކާލާށެވެ.

ދެން ބިލިމަގު އަޅާ އެއްކުރުމަށްފަހު ކާށި ދިޔާ ކިރު އަޅާ މަޑު ގިނީގައި ބޮކި ޖަހަންދެން ކައްކާލާށެވެ. އެންމެ ފަހުން ބޯ ކިރު ފޮދު އެޅުމަށްފަހު އަނެއްކާވެސް ބޮކި ޖަހަންދެން ކައްކާލާށެވެ.