މި ދުވަސްވަރު އަނެއްކާވެސް ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ކޮންމެ ހަފްތާއަކު އާންމު ކުރާ ކޮވިޑް ކޭސްތަކާ ގުޅޭ ތަފާސްހިސާބުތައް ދައްކާ ގޮތުން 02 އޭޕްރީލް އާއި 08 އޭޕްރީލް އާ ދެމެދު މުޅި ރާއްޖެއިން ކޮވިޑް-19ގެ 84 ކޭސް އަލަށް ފެނިފައިވެއެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 73 މީހުންނާއި އަދި އެހެނިހެން ސަރަހައްދުތަކުން ޕޮޒިޓިވް ވި 11 މީހުންނެވެ.
އެއީ މިދިޔަ ހަފްތާއާ އަޅާބަލާއިރު 45 ކޭސްގެ އިތުރުވުމެކެވެ. މީގެ އިތުރުންވެސް ކޮވިޑް ޖެހިގެން 17 މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށާއި މިއީ މިދިޔަ ހަފްތާއާ އަޅާބަލާއިރު އެކެއްގެ އިތުރުވުމެކެވެ.
2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މިހާތަނަށް ރާއްޖޭގައި ޖުމްލަ 185،894 މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން 311 މީހުން އެ ބަލީގައި މަރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭއިން ވެކްސިން ޖެހުމަށް ކަނޑައަޅާފައިވާ އުމުރުފުރާގެ 88.18 އިންސައްތަ މީހުން ވަނީ ފުރަތަމް ޑޯޒް ފުރިހަމަކޮށްފައެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 85.06 އިންސައްތަ މީހުންނެވެ. ރާއްޖޭގައިި 2 ބޫސްޓާ ޑޯޒް ދެމުން ގެންދާއިރު 37.03 އިންސައްތަ މީހުން ވަނީ ފުރަތަމަ ބޫސްޓާ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 0.34 އިންސައްތަ މީހުން ވަނީ ދެވަނަ ބޫސްޓާ ޑޯޒް ފުރިހަމަ ކޮށްފައެވެ.
ވެކްސިނުން ވި ކަމަކީ ކެންސަރު ގިނަވީ ... މުޅި ދުނިޔޭގައި ފާއިތުވި 3 އަހަރުގައި ކެންސަރު އާކޭސްތައް 40 އިންސަންތަ އިތުރު ވެއްޖެ. ގިނަ މާހިރުން ބުނަނީ ދުނިޔޭގައި ކެންސަރު ކުއްލިތަކަށް އިތުރުވުމުގައި ކޮވިޑު-19 އަށް ތައްޔާރު ކޮއްފައިވާ ވެކްސިން ވަރަށް ބޮޑު ރޯލެއް އަދާކުރި ކަމަށް.
ކޮވިޑްކިޔައިގެން އަނެއްކާވެސް ރައްޔިތުން ހާސްކަމުގެ ތެރެއަށް ގެންގޮސްފައި ދައުލަތުގެ ބަޖެޓުން ނުކަތާވަރަށް ޚަރަދުކުރަން މިއީ އާދައިގެ ރޯގާއެއް ކަންބޮޑުކުރުން ނޫން އެހެން ކަމެއް ނެތް! ރޯގާޖެހުމުން ޑޮކްޓަރަށް ދައްކާ ފަރުވާ ލިބި ގަނެ އަމިއްލަ ސާފުތާހިރު ކަމަށް އިސްކަން ދެއްވާ ފަރުދީ ޒިންމާ އަދާ ކުރީމާ ހުންނާނީ ރަނގަޅަށް!