މިއަދު ޕްރެސް ބަދިގެއިން މި ގެނެސްދަނީ ކުޑަކުދިންނަށް ވަރަށް ކަމުދާނެ ކާއެއްޗެކެވެ. ރޯދަމަހު ކުޑަކުދިންނަށް ކަމުދާ ކަހަލަ ކާއެއްޗެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާއިރު މި ރެސިޕީ ހެދުމަށް ބޭނުންކޮށްފައި ވަނީ ކުދިންނަށް ވަރަށް ކަމުދާކަހަލަ އެއްޗެއްސެވެ. އަދި މިއީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ކާއެއްޗެކެވެ.

ބޭނުންވާ ތަކެތި:

  • 24 އޯރިއޯ ބިސްކޯދު
  • 3 ސައިސަމުސާ ކިރު (ކޮންމެ ބްރޭންޑެއްވެސް ރަގަޅުވާނެ)
  • 2 ސައިސަމުސާ ކިރު (ކްރީމްއަށް)

ތައްޔާރު ކުރާނެގޮތް:

ބިސްކޯދުގެ އެތޭރޭގައި ހުންނަ ކްރީމް ނަގާފައި ވަކިން ތަށްޓަކަށް އަޅާލާށެވެ. ދެން ބްލެންޑަރަކަށް ބިސްކޯދު އެޅުމަށް ފަހު ހިމުން ވަންދެން ބްލެންޑްކޮށްފައި 3 ސަމުސާ ކިރުވެސް އެއްކޮށްފައި އަލުން ބްލެންޑް ކޮށްލާށެވެ. ދެން ބިސްކޯދުން ނެގި ކްރީމަށް 2 ސައިސަމުސާ ކިރު އެއްކޮށްފައި ބަހައްޓާށެވެ.

އެއަށް ފަހު ފުޑްރެޕިން ރަބަރު ކޮޅަކަށް، މުގުރާފައި ހުރި ބިސްކޯދު އަޅާފައި ރޮށިދަމާހެން ހަތަރެސްކަނަށް ދަމާލާށެވެ. ދެން އޭގެ މަތީގައި ކްރީމް ހާކާލުމަށްފަހު ރޯލެއްހެން އޮޅާލާށެވެ. ރަބަރާއެކު ފްރިޖްގައި 1 ގަޑިއިރު ވަންދެން ބެހެއްޓުމަށް ފަހު ރޯލްގޮތަށް ކަފާލާށެވެ.

ސިއްހީ ފައިދާތައް:

އޯރިއޯ ސުޝީގައި 7.5 ގްރާމް ޕްރޮޓިން ހިމެނޭއިރު މިއީ ގުލުޓިން-ފްރީ ކާއެއްޗެކެވެ. ގްލެޓިން އަކީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންމަށްވެސް ކަމުދާ މާއްދާއަކަށް ނުވާއިރު ރެޑީމޭޑް ކާބޯތަކެތި ގަނެހަދާ އިރުވެސް އޭގައި އެކުލެވެނީ ނުވަތަ ހިމެނެނީ ކޯއްޗެއްތޯ ބެލުން މުހިންމެވެ.